ކ. މާފުށި ނެރުމަތީގައި ގެނބިފައި އޮތް މީހަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މާފުށި "އެކްޓިވް ސްޕޯޓްސް" އޭރިޔާއާ ދިމާ ނެރުމަތީގައި މީހަކު ގެނބިފައި އޮތް ކަމުގެ މައުލޫމާތު މިއަދު 10:25 ހާއިރު ކަމަށް ލިބިފައިވާ ކަމަށެވެ.
އެ ރަށު ހެލްތު ސެންޓަރަށް އެ މީހާ ގެންގޮސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލަދީ ފުލުހުން ވަނީ ބުނެފަ އެވެ.
އެ ރަށުން "މިހާރު"އާ ވާހަކަ ދެއްކި މީހަކު ބުނީ މަރުވެފައި ވަނީ ޓޫރިސްޓެއް ކަމަށެވެ. ނަމަވެސް ފުލުހުން އަދި އެ މީހާގެ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.
އެމީހާ ގެބުނު ކަމަށްބުނާ ސަރަހަައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާއިރު އެ ހާދިސާ ހިނގި ގޮތެއް އަދި ސާފެއް ނުވެ އެވެ.