އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އެ ޕާޓީން ހުޅުވާލައިފި އެވެ.
އެ މަގާމު ހުސްވީ މިދިޔަ އަހަރުގެ ޖޫން މަހު، އެ ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމުންނެވެ. އޭގެ ފަހުން އެމްޑީޕީން ވަނީ އެ ޕާޓީގެ ވަގުތީ ރައީސްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފަ އެވެ.
އެމްޑީޕީން ބުނީ އެ ޕާޓީގެ ރައީސް ހޮވުމަށް ބާއްވާ އިންތިހާބު ބޭއްވުމަށް އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވާނެ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމަށް އެދޭ މެމްބަރުންނަށް އެ ފުރުސަތު މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހަށް ހުޅުވާލާފައި ވާއިރު، އެ މަގާމަށް ޝައުގުވެރިވާ މެމްބަރުން ކުށުގެ ރެކޯޑު ސާފު ކުރުމަށްފަހު ފޯމު ހުށަހެޅުމަށް އެ ޕާޓީން އެދެ އެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމަށްފަހު ނަޝީދު އިސްވެ ހުންނަވައިގެން ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ. ނަމަވެސް އެމަނިކުފާނު މިހާރު ހުންނެވީ ސިޔާސީ ކަންކަމުން ދުރުވެ ވަޑައިގެންނެވެ.