ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ގާއިމްކުރި ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް އެ އޮފީހަށް ލިޔުންތައް ފޮނުވާ ފުރަތަމަ އިދާރާއަށް ޑްރަގް ކޯޓު ވެއްޖެ އެވެ.
ޕީޖީ އޮފީހުން ދާދިފަހުން ގާއިމްކުރި އޮންލައިން ގަވަމެންޓް ސާވިސް ޕްލެޓްފޯމްގެ ދަށުން ދައުލަތުގެ އިދާރާތަކުން އެ އޮފީހަށް ފޮނުވާ ލިޔުންތައް އޮންލައިންކޮށް ފޮނުވޭނެ އިންތިޒާމް އޮތީ ހަމަޖައްސައިފަ އެވެ. މިހާތަނަށް ކޯޓުތަކުން ޕީޖީ އޮފީހަށް ލިޔުންތައް ފޮނުވަނީ މީހުން ފޮނުވައިގެންނެވެ.
ޕީޖީ އޮފީހުން ބުނީ އެ ނިޒާމުގެ ތެރެއިން ފުރަތަމަ ފަހަރަށް އެ އޮފީހަށް ލިޔުންތައް ފޮނުވަން ފެށީ ޑްރަގް ކޯޓުން ކަމަށާއި އެ ބަދަލާއެކު ލިޔުންތައް ފޮނުވުމުގެ މަސައްކަތް އަވަސްވުމުގެ އިތުރުން ހަރަދު ކުޑަވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި އެ ފުރުސަތު ރާއްޖޭގެ ހުރިހާ ކޯޓަކަށް ވެސް އޮތީ ހުޅުވާލެވިފަ އެވެ.