ހއ. ހޯރަފުށި ކައިރިން ހަ ފޫޓުގެ ކިނބުލެއް މިއަދު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ބުނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ އުނގުލު ފިނޮޅާއި ހުވަހަންދުއާ ދެމެދުން ހަ ފޫޓުގެ ދިގު ކިނބުލެއް ފެނިގެން ސިފައިން ހަރަކާތްތެރިވާ ކަމަށެވެ.
ކ. ބޮލިދުއްފަރު ކައިރިން މި މަހުގެ 12 ވަނަ ދުވަހު ވެސް ކިނބުލެއް ފެނިފައިވެ އެވެ.
ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮލިދުއްފަރު ގޮނޑުދޮށް ކައިރިން އެ ފަހަރު ފެނުނީ 14 ފޫޓުގެ ކިނބުލެކެވެ.
ސިފައިން ވަނީ އެ ކިނބޫ ހިފުމަށްފަހު، އެ ރަށުގެ 24 ނޯޓިކަލް މޭލު ބޭރަށް ދޫކޮށްލައިފަ އެވެ.