ހުޅުމާލެ އިން ގެއްލިގެން ހޯދަމުން އަންނަ ބިދޭސީއަކު ހޯދަން އާންމުންގެ އެހީތެރިކަމަށް ފުލުހުން މިއަދު އެދިއްޖެ އެވެ.
ބަންގްލަދޭޝްގެ މީހެއް ކަމަށްވާ އުމުރުން 27 އަހަރުގެ އެމްޑީ އޮމަރް މިއާ ހޯދަނީ ފުލުހުން ބުނި ގޮތުގައި، އޭނާ އަށް ވީނުވީއެެއް ނޭނގި ގެއްލިގެން، އޭނާ މަސައްކަތް ކުރާ ކުންފުނިން އެކަން ފުލުހުންނަށް މިދިޔަ ހޮނިހިރު ދުވަހު ރިޕޯޓް ކޮށްފައި ވާތީ އެވެ. އެކަމަކު އޭނާ ހޯދުމަށް ފުލުހުން ކުރި މަސައްކަތުން މިހާތަނަށް ފެނިފައި ނުވާތީ އާންމުންގެ އެހީ އަށް ފުލުހުން އެވެ.
ހުޅުމާލޭ ފޭސް އެކަކުން ގެއްލުނު އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ 3322111 އަށް ރިޕޯޓް ކުރުމަށް ފުލުހުން އެދެ އެވެ.