އުރީދޫ އާޗާ ޕްރީޕެއިޑުން، ހަފްތާ އަކު 28 ޖީބީ 150ރ. އަށް ލިބޭ ޕެކޭޖެއް ތައާރަފްކޮށްފި އެވެ.
އުރީދޫން ބުނި ގޮތުގައި އެ ޕެކޭޖުގައި ހަފްތާގެ ކޮންމެ ދުވަހަކަށް ހަތަރު ޖީބީ ޑޭޓާ ލިބޭނެ އެވެ.
ރެގިއުލާ ޑޭޓާގެ އިތުރުން، ބޯނަސް ޑޭޓާގެ ގޮތުގައި އެއް ޖީބީ އަދި ސޯޝަލް މީޑިއާ އާއި ސްޓްރީމްކުރުމަށް އިތުރު އެއް ޖީބީ ވެސް ކޮންމެ ދުވަހަކު ލިބެ އެވެ.
އެ ޕެކޭޖާ އެކު އުރީދޫގެ ހުރިހާ ނަންބަރަކަށް ހިލޭ ގުޅޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ މި ޕެކޭޖަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ވެސް އެ ކުންފުނީގެ "ވޯލްޑް ކަޕް ފޯރި 2022" ގެ ދަށުން ވޯލްޑްކަޕް ބަލައިލަން ދިއުމުގެ ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށެވެ.
އެ ކެމްޕައިނުގެ ދަށުން ނަސީބުވެރި ހަތަރު ކަސްޓަމަރަކަށް ގަތަރުގައި އޮންނަ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗު ބަލައިލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ
ސެމީ ފައިނަލް މެޗު ބަލައިލުމުގެ ފުރުސަތުގެ އިތުރުން އެ ލަކީ ޑްރޯގެ ބައިވެރިންނަށް ކޮންމެ ހަފްތާ އަކު ވެސް ވޯލްޑް ކަޕް މާޗެންޑައިޒް އަދި ތަފާތު އިނާމު ލިބެ އެވެ.
ސުޕަނެޓް ކަސްޓަމަރުންނާއި، ޕްރީޕެއިޑް އަދި ޕޯސްޓް ޕެއިޑް ކަސްޓަމަރުން، އުރީދޫ ބިލް ޕޭމަންޓްގެ އިތުރުން މޫލީ މެދުވެރިކޮށް ވިޔަފާރިކުރުމާއި އެމްފައިސާގެ ހިދުމަތް ބޭނުންކުރުން ފަދަ އުރީދޫގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވެސް، އެ ލަކީ ޑްރޯގެ ބައިވެރިއަކަށް އޮޓޮމެޓިކްކޮށް ވެވޭނެ ކަމަށް އުރީދޫން ބުންޏެވެ.