އެކި މުނާސަބަތުތަކާއި ގުޅިގެން ނުވަތަ ކަމަކަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ކޮފީއެއް ދިނުމަކީ ދިވެހިންގެ މެދުގައި އާދައެކެވެ. އުރީދޫން ވަނީ އެކި ކަންކަމާ ގުޅިގެން ދޭން ވައުދުވާ ކޮފީ ދެވޭނެ ފަސޭހަ ގޮތެއް ތައާރަފްކޮށްފަ އެވެ. "ޓެކްސްޓް އަ ކޮފީ"ގެ ނަމުގައި އުރީދޫން ދޭ އެ ހިދުމަތަކީ ރައްޓެއްސަކަށް މެސެޖަކުން ކޮފީއެއް ފޮނުވާލެވޭނެ ހިދުމަތެކެވެ.
އުރީދޫން ބުނީ ގިނަ ބައެއްގެ މެދުގައި މިހާރު ވެސް މަގުބޫލު "ޓެކްސްޓް އަ ކޮފީ" އަކީ އާއިލާއަށް ނުވަތަ ރަހުމަތްތެރިންނަށް ސަޕްރައިޒެއްގެ ގޮތުގައި ނުވަތަ ހަދިޔާއަކަށް ވެސް މެސެޖެއް މެދުވެރިކޮށް ކޮފީއެއް ފޮނުވާލެވޭނެ ފަސޭހަ ހިދުމަތެއް ކަމަށެވެ. އެ ހިދުމަތް ލިބޭނީ އުރީދޫގެ ޕަޓްނާ ކެފޭތަކުންނެވެ.
އުރީދޫގެ "ޓެކްސްޓް އަ ކޮފީ" ހިދުމަތް ހޯދުމަށް އެކަމަށް ހާއްސަކޮށްފައިވާ ޕޯޓަލްއަށް ލޮގިންވާން ޖެހޭނެ އެވެ. އެއަށްފަހު ބޭނުން ކެފޭއެއް ހިޔާރުކޮށް، އެ ކެފޭއިން ފޮނުވަން ބޭނުންވާ އައިޓަމެއް ހިޔާރު ކުރެވޭނެ އެވެ. "ޓެކްސް އަ ކޮފީ"ގައި ކޮފީގެ އިތުރުން އެކި ރެސްޓޯރަންޓުތަކުން ހޮވާލެވިފައިވާ އެކި އައިޓަމްތައް ފޮނުވެން ވެސް ހުރެ އެވެ. އެތަނުން ބޭނުން އައިޓަމެއް ހިޔާރުކޮށް، ފޮނުވަން ބޭނުންވާ ފަރާތުގެ ނަމްބަރު ޖެހުމަށްފަހު އެއާ އެކު ދޭން ބޭނުންވާ މެސެޖް ވެސް ހިމެނޭނެ އެވެ.
"ކޮފީ" ފޮނުވާލުމަށް ޕޯޓަލްގައިވާ ސެންޑް ބަޓަންއަށް ފިއްތާލުމުން ޕްރިޕެއިޑް ނަމްބަރެއްނަމަ، އެ ނަމްބަރަކަށް ކޮށްފައިވާ ރާސްޓަސްއަކުން ފައިސާ ކެނޑޭނެ އެވެ. އަދި ޕޯސްޓްޕެއިޑް ނަމްބަރެއް ނަމަ، އެ އަދަދެއް ބިލަށް އިތުރުވާނެ އެވެ.
އެ ހިދުމަތް ބޭނުންކޮށް، "ކޮފީ" ފޮނުވާލުމުން، ކޮފީ ލިބޭ ފަރާތަށް މެސެޖަކުން ހުރިހާ ތަފްސީލެއް ލިބޭނެ އެވެ. އެ މެސެޖުގައި ހިމެނޭ ޓްރާންސެކްޝަން ކޯޑު ކެފޭއަށް ގޮސް ދެއްކުމުން "ކޮފީ" ލިބޭނެ އެވެ.
އުރީދޫން "ޓެކްސް އަ ކޮފީ" މެދުވެރިކޮށް ިޑަންކް އެން ޑިޕް އާއި ކަބޯލް އާއި ސޯހޯ ކޮފީހައުސް އާއި ދަ ކޮފީ ބީން އެންޑް ޓީ ލީފް އަދި ބްރެޑް މެޓާސް ފަދަ މަގުބޫލު އެކި ތަންތަނުގެ ބުއިންތަކާއި ކެއުންތައް ފޮނުވާލެވޭނެ އެވެ.
"ޓެކްސްޓް އަ ކޮފީ" އަކީ އުރީދޫގެ ނަމްބަރުތަކުން އެކަނި ލިބޭނެ ހިދުމަތެކެވެ. ނަމަވެސް ކޮންމެ ސާވިސް ޕްރޮވައިޑާއެއްގެ ނަމްބަރެއް ގެންގުޅޭ ފަރާތަކަށް ވެސް "ކޮފީ" ދެވޭނެ އެވެ.
އެ ހިދުމަތް އުރީދޫ އެޕް މެދުވެރިކޮށް ވެސް ލިބޭނެ އެވެ.