ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރަސްމީ ދަތުފުޅެއްގައި އަންނަ އާދިއްތަ ދުވަހު ސްރީ ލަންކާ އަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެއީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް އާދިއްތަ ދުވަހުން ބުދަ ދުވަހަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.
އެ ދަތުރުފުޅުގައި ލަންކާގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރާއްޖެ އާއި ލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން އެ ގައުމުގެ ރައީސާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ދެ ލީޑަރުންގެ ހާޒިރުގައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ އެއްބަސްވުންތައް ބަދަލުކުރެއްވުމަށް ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އެ ދަތުރުފުޅުގައި ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާގެ އިތުރުން ކެބިނެޓުގެ ބައެއް ބޭފުޅުންނާއި ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ބޭފުޅުން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުން ފާހަގަކުރި މުނާސަބަތާ ގުޅުވައިގެން މިދިޔަ އަހަރު ލަންކާގެ ރައީސް ޑިސަނާޔަކެ ވެސް ރާއްޖެ ވަޑައިގަތެވެ.