ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން މިއަދު އުމްރާގެ އަޅުކަމަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނެފައި ވަނީ އުމްރާގެ އެ ދަތުރުފުޅަކީ މިދިޔަ ފެބްރުއަރީ މަހު ހަމަޖައްސަވާފައިވާ ދަތުރުފުޅެއް ކަމަށެވެ.
އެ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސްގެ ދެ ކަނބަލުން އުމްރާގެ އަޅުކަމުގެ އިތުރުން ހައްޖުގެ އަޅުކަން ވެސް އަދާކުރައްވާފައިވެ އެވެ.