އެންމެ ފުރަތަމަ ހަނދުގައި ހިނގި މީހާ ކަމަށްވާ ނީލް އާމްސްޓްރޯންގް ހަނދުން ސާމްޕަލް ނަގައިގެން ގެންނަން ބޭނުންކުރި ދަބަސް ނީލަމުގައި ވިއްކާލަން ތައްޔާރުވެފައި ވާއިރު އޭގެ އަގު ހަތަރު މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވެން ފަށައިފި އެވެ.
އަންނަ ހަފުތާގައި، އެެމެރިކާގެ ނިއު ޔޯކްގައި މި ދަބަހުގެ ނީލަށް ފަށާނެ އެވެ. ހަނދާ ގުޅުން ހުރި އެހެން ބައެއް ތަކެތި ވެސް މި ދަބަހާ އެކު ނީލަމަށް ލާނެ އެވެ. ނީލަން ކިޔާ ދަބަހަކީ ގެއްލިގެން އުޅޭތާ ވަރަށް ގިނަ ދުވަސް ފަހުން ފެނިފައިވާ އެއްޗެކެވެ.
ހަނދަށް ދިޔަ އެޕޯލޯ 13ގެ ޕްލައިޓް ޕްލޭން ވެސް މި ނީލަމުގައި ހިމެނެ އެވެ. މީގެ އިތުރުން ހަނދަން ދިޔަ އެސްޓްރޮނޯޓެއްގެ ސްޕޭސް ސޫޓާއި ބައެއް ފޮޓޯ ވެސް ނީލަން ކިޔާނެ އެވެ.
މި ތަކެތި ނީލަން ކިޔާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އެއީ އިންސާނުން އެންމެ ފުރަތަމަ ހަނދަށް ދިޔަތާ 48 އަހަރު ފުރޭ ދުވަހެވެ.