ކެއްސުމުގެ ފަރުވާ އަށް ބޭނުންކުރާ ބޭހެއް ކަމަށްވާ ބެނެޑްރިލް ސީއާރް ސިރަޕްގެ ބެޗެއްގައި މައްސަލަ ހުރުމުން، އެ ބޭހުގެ އެ ބެޗް ވިއްކުމާއި ބޭނުންކުރުން މަނާކޮށްފި އެވެ.
ހެލްތް މިނިސްޓްރީން ބުނީ ބެނެޑްރިލް ސީއާރް ސިރަޕްގެ ބެޗްތަކުގެ ތެރެއިން މައްސަލަ ހުރި ކަމަށް ފާހަގަވީ "ކޭ އެން 5012" ގައި ކަމަށެވެ. އެ ބެޗްގެ ބޭސް ފުޅިތަކުގައި ކުނޑިކޮޅުތަކެއް ހުރިކަން ފާހަގަ ކުރެވޭ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އެހެންވެ، އެ ބެޗް އެތެރެކޮށް، ވިއްކުމާއި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ބޭހުގެ އިތުރު ބެޗެއްގައި މައްސަލަ ހުރިތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އެހެން ބެޗްތައް ބޭނުން ކުރުމުގައި ސަމާލުވުމަށް ހެލްތް މިނިސްޓްރީން އިލްތިމާސް ކުރެ އެވެ.