ހދ. ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމައިފި އެވެ.
އެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ ނެއްލައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 93 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށެވެ.
މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓު ޖެހުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން ހިމެނެނީ ފަތާ ސަރަހައްދެއް ހެދުމާއި 870 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަގަކީ 20.3 މިލިއަން ރުފިޔާ އެވެ.