ހިޔާ ޓަވަރުގެ ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދޭން މިއަދު ހުޅުވާލައިފި އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކުރި އިއުލާނުގައި ބުނީ 10 ވަނަ ޓަވަރާއި 12 ވަނަ ޓަވަރުގެ ކޮމާޝަލް ޔުނިޓަށް އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިން ކުރިމަތިލެވޭނެ ކަމަށެވެ.
ހިޔާގެ 16 ޓަވަރުގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައިވަނީ ވިޔަފާރިތަކަށެވެ.
ނަމަވެސް، އަލުން އެ ޔުނިޓުތަކަށް ހުޅުވާލީ އެގްރިމެންޓްގެ މުއްދަތު ހަމަވުމުންނެވެ.
ހިޔާ ފްލެޓުގެ ކޮމާޝަލް ޔުނިޓުތައް ލިބޭ މީހުން ކަނޑައަޅާނީ އެންމެ ރަނގަޅު ބިޑު ހުށަހަޅާ މީހުންގެ ތެރެއިންނެވެ.