ލެފުން: ހއ. ތަކަންދޫ
ހިޖުރަކުރުން އިތުރުވުމުގެ ސަބަބުން ހއ. ތަކަންދޫގެ އާބާދީ މަދުވެ އެ ރަށުގެ ތައުލީމީ އަދި އިގްތިސާދީ އެކި މަސައްކަތްތަކަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި.
ހއ. ތަކަންދޫ. ހިޖުރަކުރުން އިތުރުވެ މި ރަށުގެ އާބާދީ މަދުވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. ތަކަންދޫ ފަޅު ތެރޭގައި އަޅާފައި ހުރި އުޅަނދުތަކެއް. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. ތަކަންދޫ ރަށު ތެރޭގެ މަންޒަރެއް. ރަށުގެ އާބާދީ މަދުވެ ފަޅުކަން ވަރަށް ބޮޑަށް ފެނޭ. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. ތަކަންދޫ އަތިރިމައްޗަށް އެހެލާފައި ހުރި ކުދި ދޯނިތަކެއް. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. ތަކަންދޫ އަތިރިމަތީގައި އެހެލާފައި ހުރި ދޯނިތަކެއް. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. ތަކަންދޫ ފަޅުގައި އަޅާފައި އޮތް ކުޑަ ދޯންޏެއް. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. ތަކަންދޫ އަތިރިމަތި އަދި ފަޅު ތެރެ ފެންނަ ފޮޓޯއެއް. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. ތަކަންދޫ ފަޅުގައި އަޅާފައި އޮތް ކުޑަ ދެ ދޯނި. ކުދި ދޯނިތަކުގައި މަސްވެރިކަމަށް ނިކުތުމަކީ މި ރަށުގައި އާންމު ކަމެއް. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. ތަކަންދޫގައި ގެއެއްގެ ގޯތިތެރޭގައި ހައްދާފައިވާ ބަގީޗާ ގަސްތަކެއް. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. ތަކަންދޫގައި ކިޔަވައިދިނުމަށް ބޭނުންކުރާ ސްކޫލް. އާބާދީ މަދުވުމުން ސްކޫލުގައި ދަރިވަރުންގެ އަދަދު ވަރަށް މަދު. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. ތަކަންދޫގައި އަލިފުޅު ފައުންޑޭޝަނުން އިމާރާތްކުރަމުން އަންނަ މިސްކިތެއް. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. ތަކަންދޫގެ ގެއެއްގެ ގޯތި ތެރޭގައި ހުރި ބަނބުކެޔޮ ގަހެއް. އެކި ފާޑުގެ މޭވާ އާއި ތަރުކާރީ ގަސްތައް މި ރަށުގައި ހައްދާ. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. ތަކަންދޫގައި ހުންނަ ގެއެއް. އާބާދީ މަދުވަމުން ދިއުމުގެ ސަބަބުން ރަށުތެރެއިން ވީރާނަކަން ވަރަށް ބޮޑަށް ފެނޭ. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. ތަކަންދޫގައި ހުރި ފަޅު ގެއެއް. ހިޖުރަކުރުން އިތުރުވެ މި ރަށުގެ އާބާދީ އަންނަނީ މަދުވަމުން. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު