ލެފުން: ހއ. އުތީމު
ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރުމަށް ޖިހާދުކުރެއްވި ބޮޑުތަކުރުފާނާއި އެމަނިކުފާނުގެ އާއިލާ ނިސްބަތްވާ ހއ. އުތީމަކީ ޝައުގުވެރި ތާރީޚީ ބިނާތައް ގިނަ ރަށެއް. ބޮޑުތަކުރުފާނުގެ ގެކޮޅާއި އެ ތަކުރުފާނުގެ ޖިހާދާ ގުޅުން ހުރި ތަންތަނާއި ތަކެތި މި ރަށުން ފެންނަން އެބަހުރި.
ހއ. އުތީމުގެ މަތިން ނަގާފައިވާ ފޮޓޯއެއް. މިއީ ރީތި މޫދަކާއި ދޮންވެލިގަނޑެއް އޮންނަ ރަށެއް. ހއ. އުތީމު. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. އުތީމުގައި މޫދުގައި ކަސްރަތު ކުރަން ތިބި ބަޔަކަށް އިންސްޓްރަކްޓަރު އިރުޝާދު ދެނީ. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. އުތީމުގައި ހުންނަ ގަނޑުވަރު. މިއީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރުމުގެ ޖިހާދުކުރެއްވި ބޮޑުތަކުރުފާނާއި އެ މަނިކުފާނުގެ އާއިލާ އުޅުއްވި ގެކޮޅު. މިތަނަށް 500 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. އުތީމުގައި ހުންނަ، ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކޮށްދެއްވި ބޮޑުތަކުރުފާނާއި އެ މަނިކުފާނުގެ އާއިލާ އުޅުއްވި ގެކޮޅު، އުތީމު ގަނޑުވަރުގެ މަތިން ފެންނަ ގޮތް. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. އުތީމު ގަނޑުވަރު ކައިރީގައި ހަދާފައި ހުރި އަށިތަކެއް އަދި އެ ރަށު ތެރެއަށް އަރައިގެން ދާން އޮންނަ މަގެއް. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. އުތީމު އަތިރިމަތީގައި ހުންނަ، ހިމާޔަތްކޮށްފައިވާ ކާނިގަސް. މިއީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ބޮޑުތަކުރުފާނު ފޭލިކޮޅު ވިޔުއްވުމުގެ މަސައްކަތުގައި ބިމަށް ޖެއްސެވި ކަޑައެއް ރޯވެ ހެދިގެން ބޮޑުވެފައިވާ ގަހެއް ކަމަށް ބުނެވޭ. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. އުތީމު. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. އުތީމު ރަށު ތެރޭގެ މަންޒަރެއް. ރަށުގައި ބަނދަރު ހެދި ފަހުން ވިޔަފާރިތައް އަންނަނީ ފުޅާވެ ތަރައްގީވަމުން ކަމަށް ރަށު ކައުންސިލުން ބުނޭ. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. އުތީމު ބަނދަރުމަތީ ހަދާފައިވާ ކަޅުއޮއްފުންމި ބިނާ. މިއީ އުތީމު ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދުގައި ބޭނުންކުރެއްވި އޮޑިކޮޅު ރަމްޒުކޮށްދޭ ބިނާއެއް. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު
ހއ. އުތީމު ޣާޒީ ބަންޑާރައިން ސްކޫލުން ދަރިވަރުންތަކެއް ނިކުންނަނީ. -- ފޮޓޯ: އަބްދުﷲ އައުރާފް/މިހާރު