އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ކަލާފާނަށް
މާލެ - ޖޫން 11، 2023: އެފްއޭއެމްގެ 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލް ހޯދުން: މި މެޗު ކަލާފާން ސްކޫލް ކާމިޔާބު ކުރީ 3-0 ލަނޑުން. ގަލޮޅު ދަނޑުގައި ރޭ ކުޅުނު މި މެޗު ދެ ޓީމުގެ ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ދެ ސްކޫލުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކަލާފާނުގެ ކެޕްޓަން އިލްހާމް. އެންމެ މޮޅު ކޯޗަކަށް ކަލާފާނުގެ ފަރީދު މުހައްމަދު ހޮވުނު އިރު ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ މަޖީދިއްޔާ ސްކޫލް. މި އަހަރު މުބާރާތުގައި 36 ސްކޫލަކުން ވަނީ ވާދަކޮށްފަ -- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު
ޗެމްޕިއަންކަން ހޯދި ކަލާފާނު ސްކޫލް ކުޅުންތެރިން ތައްޓާއެކު އުފާފާޅުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެފްއޭއެމް 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ކަލާފާން ސްކޫލް ކުޅުންތެރިން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެފްއޭއެމް 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ރަނާރ އަޕް ޓީމަށް ހޮވުނު އަހުމަދިއްޔާ ކުޅުންތެރިން ފޮޓޯއަކަށް ހުއްޓިލައިގެން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ޓީމު ކުޅުންތެރިންނަށް އެ ސްކޫލްގެ ބެލެނިވެރިންނާއި ޓީޗަރުން ހިތްވަރު ދިނުމުގެ ގޮތުން ބެނާއެއް ހިފައިގެން: މި މެޗު އަހުމަދިއްޔާ ބަލި ވީ 3-0 ލަނޑުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިލްހާމް ކޮނޑަށްލައިގެން އެ ސްކޫލް އެ ކުޅުންތެރިން އުފާފާޅުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މެޗު ނިމުމުން ކަލާފަން ސްކޫލް ޓީމުން ދަނޑުމަތީގައި އުފާފާޅުކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކަލާފާން ސްކޫލްގެ ދަރިވަރުން ރޭގެ މެޗުގައި އެ ސްކޫލް ފުޓްބޯޅަ ޓީމަށް ސްޕޯޓްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ރޭގެ މެޗުގައި ކަލާފާން ސްކޫލް ކުޅުންތެރިއެއްގެ އަތުން ބޯޅަ ހޯދަން އަހުމަދިއްޔާ ޓީމްގެ ކުޅުންތެރިޔަކު މަސައްކަތްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަހުމަދިއްޔާ ސްކޫލް ފުޓްބޯޅަ ޓީމަށް ހިއްތަވަރު ދިނުމަށް ކުއްޖަކު" ގޯ ޓީމް އަހުމަދިއްޔާ" ޕޯސްޓަރެއް ހިފައިގެން ދަނޑުގައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކަލާފަން ސްކޫލްގެ އިލްހާމް ގޯލް ޖެހުމަށްފަހު އުފާފާޅުކުރަނީ: މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީވެސް އިލްހާމް -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެފްއޭއެމް 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކަލާފާން ސްކޫލްގެ ކެޕްޓަން އިލްހާމް ބޯޅަ ފޮނުވާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކަލާފާން ސްކޫލްގެ ބެލެނިވެރިންނާ، އެ ސްކޫލްގެ ޓީޗަރުން ރޭ ކުޅުނު ފައިނަލް މެޗުގައި ސްޕޯޓް ކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު
ކަލާފާން ސްކޫލްގެ ދެވަނަ ލަނޑު ޖެހުމަށްފަހު އެ ޓީމުގެ ކެޕްޓަން އިލްހާމް އުފާފާޅޫކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެފްއޭއެމް 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގައި ކަލާފާން ސްކޫލްގެ ކެޕްޓަން އިލްހާމް ބޯޅަ ފޮނުވާލަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ކަލާފާން ސްކޫލް ދަރިވަރަކު ރޭ މެޗު ކުރިއަށް ދިޔަވަގުތު އެ ސްކޫލްގެ ދިދަ ހިފައިގެން ދަނޑުގައި އެ ޓީމަށް ސަޕޯޓްކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު