މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާ

މާލެ - އޮކްޓޫބަރު 17، 2024: ސްޕޯޓްސް މިނިސްޓްރީން އިންތިޒާމް ކޮށްގެން ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާ: މި ހަފުލާގައި ވަނީ މިދިޔަ އަހަރުގެ ކުޅިވަރު މުބާރާތްތަކާއި ކާމިޔާބީ އަށް ބަލައި، ކުޅުންތެރިންނާއި އެތުލީޓުންނަށް އެވޯޑް ދީފައި. ރައީސް ޑރ މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އަދި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނުގެ އިތުރުން ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ކުޅިވަރަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދީފައިވާ މީހުންނަށް ވެސް އެވޯޑް ދިން. މިދިޔަ އަހަރުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދީ ޓޭބަލް ޓެނިސް ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އާއި މުހައްމަދު ޝައްފާން އިސްމާއިލް.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ފަޔާޒް މޫސާ
ފަޔާޒް މޫސާ
18 އޮކްޓޯބަރު 2024
މިދިޔަ އަހަރުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދި ޓޭބަލް ޓެނިސްގެ ދެ ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އާއި މުހައްމަދު ޝައްފާން އިސްމާއިލް، ރައީސް މުއިއްޒާއި ސްޕޯޓްސް މިނިސްޓަރު ރާފިއުއާ އެކު ފޮޓޯއަކަށް ތައްޔާރު ވެގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ހޮވުނު ޓީޓީ ކުޅުންތެރިޔާ މުހައްމަދު ޝައްފާން އިސްމާއިލްއާ ރައީސް މުއިއްޒު އެވޯޑު ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރުގެ ސްޕޯޓްސް އެވޯޑްސް ހަފުލާގައި ރައީސް މުއިއްޒާއި ސްޕޯޓްސް މިނިސްޓަރު ރާފިއު ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން އެތްލީޓަކަށް ހޮވުނު ޓީޓީ ކުޅުންތެރިޔާ ފާތިމަދު ދީމާ އަލީއާ ރައީސް މުއިއްޒު އެވޯޑު ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންމެ ޒުވާން ފިރިހެން އެތުލީޓާ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އެވޯޑް ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސްޕެޝަލް އޮލިމްޕިކްގައި މެޑަލް ހޯދި ޒާނާ އަލީ ޝަރީފްއާ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް އެވޯޑް ހަވަލުކޮށްދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ޕެރަ އޮލިމްޕިކްސްގައި ވާދަކޮށް، މެޑެލް ހޯދި އަބްދުލް ރައްޒާގު އަބްދުލް ސަމަދު އަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެވޯޑް ދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރުގެ ސްޕޯޓްސް އެވޯޑްސްގައި ވިޝުއަލް އާޑްސް ދާއިރާއިން އެވޯޑް ހާސިލް ކުރި ފޮޓޯގްރާފަރު އިސްމާއިލް ތޯރިގް އެވޯޑާ ހަވާލުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހްން ފެތުންތެރިޔަކަށް ހޮވުނު ރިހާން ޝިހާމްއާ އެވޯޑު ހަވާލުކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ސާފިން އެތްލީޓަކަށް ހޮވުނު މަރިޔަމް ރާހިލް ނަސީމްއާ، މާލޭގެ މޭޔަރު އާދަމް އާޒިމް އެވޯޑް ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ޕޫލް ކުޅުންތެރިޔާ އަށް ހޮވުނު ދީނާ އަހުމަދާ، ޕޮލިސް ކޮމިޝަނަރު ޝުޖާއު އެވޯޑު ހަވާލުކޮށްދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ރިޒްވާން (ވ) އެވޯޑާ ހަވާލުވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރުގެ އެންމެ މޮޅު ކެރަމް ކުޅުންތެރިއަކަށް ހޮވުނު އިސްމާއީލް އަޒްމީން އެވޯޑާ ހަވާލުވަނީ: ގައުމީ ކެރަމް މުބާރާތުގެ ޗެމްޕިއަންކަން ވިދިވިދިގެން ތިން ފަހަރު އޭނާ ވަނީ ހޯދާފައި، އަދި އެ ތަށި މިލްކުކުރި ކުޅުންތެރިންގެ ޝަރަފުވެރި ލިސްޓުން އަޒްމީން ވަނީ ޖާގަ ހޯދާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރުގެ އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔަކަށް ހޮވުނު ފާތިމަތު ނަބާހާއާ (ނަބާ) އޮވޯޑް ހަވާލުކޮށްދެނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މިދިޔަ އަހަރުގެ އެންމެ މޮޅު ބޮޑީބިލްޑަރަކަށް ހޮވުނު އަޒްނީން ރަޝާދުއާ، ސްޕޯޓްސް މިނިސްޓަރު ރާފިއު އެވޯޑު ހަވާލުކޮށްދެއްވަނީ: އަޒްނީން ވަނީ 2022 ވަނަ އަހަރުގެ އެންމެ މޮޅު ފިރިހެން އެތުލީޓްކަން ހޯދާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ކުޅިވަރަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދީފައިވާތީ އޮލިމްޕިކް ކޮމިޓީގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ އަހްމަދު މަރުޒޫގް (މަރޭ) އަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވޯޑް ދެއްވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސަރުކާރުން މި އަހަރު ބޭއްވި ސްޕޯޓްސް އެވޯޑްސް ހަފްލާގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސަރުކާރުން މި އަހަރު ބޭއްވި ސްޕޯޓްސް އެވޯޑްސްގެ ހަފްލާގައި ބޮޑީބިލްޑަރު މުހައްމަދު ޔާމީން (ޔާންބެ) ބައިވެރިވަނީ: ޔާމްބެ ވަނީ މިދިޔަ އަހަރުގެ އޭޝިއާގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގެ 85 ކިލޯގެ ކެޓަގަރީން ރަން މެޑަލް ހޯދާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ސަރުކާރުން ބޭއްވި މި އަހަރުގެ ސްޕޯޓްސް އެވޯޑްސް ހަފުލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާއިރު، އަރިހުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އިތުރު ފޮޓޯ ގެލަރީ