މިއުޒިކީ ދުނިޔޭގައި އައިކޮންއެއްގެ ގޮތުގައި ގިނަ ބަޔަކަށް އެނގޭ އެމެރިކާގެ ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ ތިންވަނަ ކައިވެނި ވެސް ރޫޅިއްޖެ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ބްރިޓްނީ ވަރިކުރުމަށް އޭނާގެ މިހާރުގެ ފިރިމީހާ ސޭމް އަސްގަރީއާ ވަނީ ނިންމައިފަ އެވެ. އެގޮތަށް އޭނާ ނިންމީ ބްރިޓްނީ އެހެން މީހަކާ ނަހަމަ ގުޅުމެއް ބޭއްވިކަން ފަޅާ އެރުމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް، އެއީ ތެދެއް ކަމެއް އަދި ކަށަވަރު ނުވެ އެވެ.

ދެމީހުން މިހާރު ދިިރިއުޅެނީ ވަކިން ކަމަށް ވެސް ވެ އެވެ.

ބްރިޓްނީ އާއި ސޭމް ލޯބީގެ ގޮތުން ގުޅުނީ 2016 ވަނަ އަހަރެވެ. އަދި އެ މީހުން ވަރަށް ސިއްރުން ކައިވެނިކުރީ މިދިޔަ އަހަރެވެ. ނަމަވެސް، ކައިވެނީގެ ފޮޓޯތައް ފަހުން ހިއްސާކުރި އެވެ.

ސޭމްގެ ކުއްޖަކަށް ބްރިޓްނީ ބަލިވެއިނެވެ. ނަމަވެސް، އެ ކުއްޖާ ބައިގެންދިޔައީ އެވެ.

މީގެ ކުރިން ބްރިޓްނީ ދެ ކައިވެންޏެއް ކުރި އެވެ. ދެވަނައަށް އިން މީހާއަށް އޭނާގެ ދެ ކުދިން ތިބެ އެވެ.