ސްޓޮކް ގުނަން، އަންނަ ބުދަ ދުވަހުން ހޮނިހިރު ދުވަހަށް އެސްޓީއޯގެ ބައެއް ފިހާރަތައް ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެސްޓީއޯ އިން ނެރުނު ނޯޓިސްގައި ބުނީ ކޮންމެ އަހަރަކު ވެސް ސްޓޮކް ގުނަން ބަންދުކުރާ ކަމަށާއި މި އަހަރު ސްޓޮކް ގުނުމުގެ މަސައްކަތް ކުރާނީ 7-11 އާ ދެމެދުގައި ކަމަށެވެ.
ސްޓޮކް ގުނަން ބަންދު ކުރަން ނިންމާފައި ވަނީ އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓް، އިލެކްޓްރޯނިކްސް އަދި އެސްޓީއޯ ސާވިސް ސެންޓަރެވެ.
އެ ކުންފުނިން ބުނި ގޮތުގައި ސްޓޮކް ކައުންޓަށް ފިހާރަތައް ބަންދު ކުރުމަށް ފަހު ދެން ހުޅުވާނީ އަންނަ ހަފުތާގެ އާދީއްތަ ދުވަހު ހެނދުނު 9:00 ޖަހާއިރު އެވެ.