އައިކެއާ އޮޕްޓިކަލްސް އިން ރޯދަމަހު ކުރިއަށް ގެންދިޔަ "ނަޔާ ރޯދަ ހަދިޔާ" ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި އެވެ.
އެ ޕްރޮމޯޝަންގައި އައިކެއާއިން ހުށަހެޅި ގްރޭންޑް ޕްރައިޒް، ސްރީ ލަންކާއަށް ދާން ދޭ އާއިލީ ދަތުރުގެ ނަސީބުވެރިއަކަށް ހޮވުނީ އިސްމާއިލް އަފްޒަލް އެވެ.
"ނަޔާ ރޯދަ ހަދިޔާ" އަކީ ރަމަޟާން މަހާ ދިމާކޮށް އައިކެއާގެ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކަކާއެކު، އަގުހުރި އިނާމެއް ހުށަހަޅައިގެން ކުރިއަށްގެންދިޔަ ކާމިޔާބު ކެމްޕޭނެކެވެ. އެ ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އެއްފަހަރާ 500ރ. އިން މަތީގެ ވިޔަފާރިކުރި ކަސްޓަމަރުންނަށެވެ.
އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ އައުޓްލެޓެއްގައި ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަނުގައި ދިނީ ހަތަރަ މީހުންނަށް ސްރީ ލަންކާގައި ހަތަރު ރޭ ހޭދަކުރުމުގެ ފުރުސަތެވެ. އޭގެ ތެރޭގައި ދެކޮޅު ޓިކެޓާއި، ހުރުމާއި ކެއުންބުއިމުގެ އިތުރުން ކެންޑީ، ނުވަރައެލިއާ އަދި އެލާ ފަދަ ހިތްގައިމު މަންޒިލްތަކަށް ޒިޔާރަތްކުރުން ހިމެނެ އެވެ.
އައިކެއާއިން ބުނީ މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި މި ފަދަ ބޮޑު ތަރުހީބެއް ލިބުމަކީ އައިކެއާގެ ހިދުމަތްތަކަށް ކަސްޓަމަރުން ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ސިފަކުރި އެވެ.
އައިކެއާއިން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ފައިދާހުރި، އުފާވެރި ތަޖުރިބާތަކެއް ފޯރުކޮށްދީ، ޒަމާނީ ޓެކްނޮލޮޖީއާ އެކު ފެންވަރު ރަނގަޅު ލޮލުގެ ފަރުވާގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.