ސްޓައިކަރަކު ހޯދަުމުގައި ބާސެލޯނާއިން ގޮތެއް ހޯދަންޖެހޭނެ ކަމަށް ބުނެ، ލަމީން ޔަމާލް އެ މަގާމަށް ކުޅުވުމުގެ ވިސްނުމާ ބެހޭގޮތުން ކޯޗު ހެންސީ ޑީޓާ ފްލިކް ވާހަކަދައްކައިފި އެވެ. 

އާ ސީޒަނަށް ތައްޔާރުވަމުން އަންނަ، ކްލަބުގައި މިވަގުތު މާގިނަ ސެންޓްރަލް ސްޓައިކަރުންނެއް ނެތެވެ. މިދިޔަ ހަތަރު ސީޒަނުގައި އެ ޓީމުގެ ނަންބަރު ނުވައެއްގެ ރޯލް އަދާކުރީ ރޮބަޓް ލެވަޑޯސްކީ އެވެ.

ޕޮލެންޑްގެ ފޯވާޑް ވަނީ، އެމެރިކާ ލީގަށް ބަދަލުވެފަ އެވެ. 

ބާސާގެ ސެންޓްރަލް ސްޓައިކަރުގެ ރޯލް އަދާކުރަން، ދެން ހުރި ކުޅުންތެރިޔަކީ ފެރާން ޓޯރޭޒެވެ. ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިން އަށް ހޯދައި ދޭން ލަނޑު ޖެހި ފޯވާޑްގް ޓްރާންސްފާގެ ޚަބަރުތައް ޕީއެސްޖީއާ ގުޅުވައިގެން ދަނީ ފަތުރަމުންނެވެ.

ބާސާ ވެސް އޮތީ ޕީއެސްޖީގެ ވާހަކަތައްދާ ގޮތެއް ބަލާށެވެ. ފްލިކް ބުނީ ސްޓައިކަރެއް ހޯދުމުގައި އެ ކްލަބުން ގޮތްތަކެއް ހޯދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

"އަހަރެމެން ޖެހޭނެ އިންތިޒާރުކުރަން. އަހަންނަށް ފުރިހަމަ އިތުބާރު އެބައޮތް [ސްޕޯޓިން ޑައިރެކްޓަރު] ޑެކޯއާ މެދު. އަހަރެމެންޖެހޭނެ ގޮތްތަކެއް ހޯދަން،" ޖަރުމަނުގެ ކޯޗު ބުންޏެވެ. 

އޭނާ އަށް ދެން އޮތް އިހްތިޔާރާކީ ލަމީން ޔަމާލް، ސެންޓަ ސްޓައިކަރަކަށް ކުޅުވުމެވެ. ފްލިކް ބުނީ މީގެ ކުރިން ދެތިން މެޗެއްގައި ޔަމާލަށް ސެންޓަ ފޯވާޑެއްގެ ދައުރު ދީގެން ކުޅުވާފައިވާނެ ކަމަށެވެ. 

"އެ މަގާމުގައި ވެސް އޭނާ ވަރަށް މޮޅަށް ކުޅުނު. އެކަމަކު އޭނާއަކީ ސެންޓަ ސްޓައިކަރަކަށް ވުރެ ބޮޑަށް ނަންބަރު ހަތެއްގެ [ކަނާތު ވިންގް ފޯވާޑް] މެގަމަށް ފަރިތަ ކުޅުންތެރިޔެއް. އަހަރެމެން ބަލާނަން ކިހިނެއްތޯ ވަނީ،" ފްލިކް ބުންޏެވެ. 

މި ޓްރާންސްފާ ޕީރިއަޑްގައި ބާސާއިން ވަނީ އިނގިރޭސި މިޑްފީލްޑަރު އެންތޮނީ ގޯޑާން އާއި ޖަރުމަނުގެ ކަރީމް އަޑެޔޭމީ ސޮއި ކުރވާފަ އެވެ. ގޯޑާން ބާސާ އަށް ބަދަލުވީ ނިއުކާސަލް ޔުނައިޓެޑުންނެވެ. އަދި އަދެޔޭމީ ކުރިން ކުޅުނީ ބޮރޫޝިއާ ޑޯޓްމެންޑަށެވެ.