އެމްއޭސީއެލްގެ މުވައްޒަފުންނަށް މި މަހުގެ މުސާރައާ އެކު އަހަރީ ބޯނަސް ޖަމާކޮށްދޭން މިރޭ ފަށައިފި އެވެ.
ބޯނަސް ޖަމާކޮށްދޭން ފެށިއަސް، ބޯނަސްގެ ގޮތުގައި ދޭނެ އަދަދެއް ހާމައެއް ނުކުރެ އެވެ.
ބޯނަސް ދެނީ މަސައްކަތުގެ ފެންވަރާއި މުއްދަތަށް ބަލާފައި ކަމަށް ވާތީ އެކި މުވައްޒަފުންނަށް ލިބުނީ އެކި ވަރެވެ.
އެނގިފައިވާ ގޮތުގައި ބައެއް މުވައްޒަފުންނަށް 25،000ރ. ލިބުނުއިރު، އެއް ބަޔަކަށް ބޯނަސްގެ ގޮތުގައި 15،000ރ. ވެސް ލިބުނެވެ.
ފާއިތުވި ދެ ތިން އަހަރު ބޯނަސްގެ ގޮތުގައި 25،000ރ. ދީފައިވެ އެވެ.
އެއާޕޯޓުތައް ހިންގާ ކުންފުނީގެ 5،000 މުވައްޒަފުންނަށް އަހަރީ ބޯނަސް ދޭން އެ ކުންފުނީގެ ބޯޑުން މީގެ ކުރިން ވަނީ ނިންމައިފަ އެވެ. އަދި މިއަދު ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެކަން ފާސްކޮށްފައިވެ އެވެ.