ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ތިން ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. 

ކަސްޓަމްސް އިން ބުނީ މިދިޔަ ހޯމަ ދުވަހު ކޫރިއާ މެދުވެރިކޮށް ރާއްޖެއަށް ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރިއިރު އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. 

ކަސްޓަމްސް އިން ބުނި ގޮތުގައި ޕެކޭޖުގައި ފޮރުވާފައި ހުރީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އެވެ. އޭގެ ބަރުދަނުގައި 3.6 ކިލޯ ހުއްޓެވެ. 

މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ކޫރިއާގައި ރާއްޖެއަށް އެތެރެކުރަން އުޅުނު 11.7 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ވެސް އަތުލައިގެންފަ އެވެ.