މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އެލިއާ ގުޅިގެން، އައުޓްބޯޑް އިންޖީނާއި ވޭވްރަނާ ގަންނަ ފަރާތްތަކަށް 18،000ރ. އާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

"އެމްއައިބީ × އެލިއާ – އުޖާލާ ޕްރޮމޯޝަން" ގެ ނަމުގައި މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއީ އެމްއައިބީގެ "އުޖާލާ ދިރިއުޅުން" ފައިނޭންސިން ފެސިލިޓީ މެދުވެރިކޮށް ތަކެތި ގަންނަ ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ހުޅުވާލާފައިވާ ފުރުސަތެއް ކަމަށް އެ ބޭންކުން ބުންޏެވެ.

މި ޕްރޮމޯޝަންގެ ދަށުން، ކަސްޓަމަރުންނަށް ލިބޭ ޑިސްކައުންޓްގެ އަދަދު، އެލިއާއިން ދޫކުރާ ފައިނަލް ކޯޓޭޝަން ނުވަތަ ޕްރޮފޯމާ އިންވޮއިސްގައި ހިމަނާފައިވާނެ އެވެ. ކޯޓޭޝަން ލިބުމުން، އެމްއައިބީގެ "އުޖާލާ ނައު" ޕޯޓަލް މެދުވެރިކޮށް ފަސޭހަކަމާއެކު ފައިނޭންސިންއަށް އެދި ހުށަހެޅޭނެ ކަމަށް އެމްއައިބީއިން ބުންޏެވެ.

ހުށަހަޅާ ހުރިހާ އެޕްލިކޭޝަންތަކެއް ވެސް އިވެލުއޭޓްކޮށް، އެޕްރޫވް ކުރަނީ އެމްއައިބީގެ އާންމު އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ވެސް އެ ބޭންކުން ފާހަގަކުރި އެވެ.

އެމްއައިބީއިން ބުނި ގޮތުގައި، އެލިއާއާ ގުޅިގެން މިފަދަ ޕްރޮމޯޝަނެއް ފެށުމުގެ މަގުސަދަކީ އިސްލާމީ ޝަރީއާ ހުއްދަކުރާ ލުއިފަސޭހަ ފައިނޭންސިން ހައްލުތަކަކާ އެކު، ހާއްސަ ޑިސްކައުންޓްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީ، ކަސްޓަމަރުންނަށް ލިބޭ ފައިދާ އިތުރުކުރުމެވެ.