އެލައިޑް އިންޝުއަރެންސްގެ މި އަހަރުގެ ދެވަނަ އައިފޯން ގިވްއަވޭ ޕްރޮމޯޝަން "އެލައިޑް އައިފޯން ޑްރޮފް 2" މިއަދު ތައާރަފުކޮށްފި އެވެ.
އެލައިޑުން، ބުނީ ނަސީބުވެރި އެއް ފަރާތަކަށް ހޮވޭ މީހަކަށް އާ އައިފޯން 18 ޕްރޯ މެކްސް ލިބޭނެ ކަމަށެވެ. އެލައިޑްގެ އިންސްޓަގްރާމް ޕޭޖް allied.mv@ ގައި މި ކެމްޕޭން ކުރިއަށް ގެންދަނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިވެހިންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ގިވްއަވޭގައި ބައިވެރިވުމުގެ ސުންގަޑިއަކީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ 11:59 އެވެ. މި ޕްރޮމޯޝަނުގެ ނަސީބުވެރިޔާ ހޮވުން އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު @allied.mv ގައި ލައިވްކޮށް ނަގާ ގުރުއަތަކުންނެވެ.
ޕްރޮމޯޝަނާ ގުޅޭ އިތުރު ތަފްސީލާއި ޝަރުތުތައް އެލައިޑްގެ އިންސްޓަގްރާމް ޕޯސްޓުން ފެންނާނެ އެވެ.
އެލައިޑުން ބުނި ގޮތުގައި، މި އަހަރުގެ ކުރީކޮޅު އެ ކުންފުނިން ބޭއްވި ފުރަތަމަ "އައިފޯން ޑްރޮޕް" އަށް އާންމުންގެ ފަރާތުން ލިބުނު ބޮޑު ތަރުހީބާ ގުޅިގެން "އެލައިޑް އައިފޯން 2" ޕްރޮމޯޝަންގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފެށީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނާއި އާންމުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ.
ޕްރޮމޯޝަންގައި ބައިވެރިވާނެ ގޮތް:
- އެލައިޑް އިންޝުއަރެންސްގެ އިންސްޓަގްރާމް ފޮލޯކުރުން.
- އައި ފޯނު ޑްރޮޕްގެ ގިވްއަވޭ ޕޯސްޓަށް ލައިކް ދިނުން.
- ތިން ރައްޓެހިންނަށް ކޮމެންޓް ސެކްޝަނުގައި ޓެގް ކުރުން.
އެ ޕޯސްޓު އިންސްޓަގްރާމް ސްޓޯރީއަށް ޝެއާކޮށް، @allied.mv ޓެގްކުރުމުން އިތުރު "ބޯނަސް" ފުރުސަތެއް ލިބޭނެ ކަމަށް އެލައިޑުން ބުންޏެވެ. ކޮންމެ ކޮމެންޓެއްގައި ތަފާތު ތިން ރައްޓެހިން ޓެގްކޮށްގެން، އެއްފަހަރަށް ވުރެ ގިނަ ފަހަރު ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.