މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ ސެލީނާ ގޮމޭޒް އަދި ޒޭން މާލިކް ރައްޓެހިވެގެން އުޅޭ ވާހަކަ ވަރަށް ގަދަޔަށް މިހާރު ދެކެވެ އެވެ.
މި ވާހަކަ ދެކެވެމުން ދަނިކޮށް، ޕޮޕްގެ ދުނިޔޭގެ މަގްބޫލު ހަބަރުތައް ގެނެސްދޭ "ޕޮޕް ހައިވް" އިން ވަނީ ސެލީނާ އާއި ޒޭން ރައްޓެހިވެގެން އުޅޭކަން ކަށަވަރު ކަމަށް ބުނެފަ އެވެ. އެކަމަކު އެ ދެމީހުން ކުރެ އެކަކުގެ ވެސް އެކަން އަދި ޔަގީންކޮށެއް ނުދެ އެވެ.
"ވަން ޑިރެކްޝަން" އިން ވިދާލި ޒޭން އަދި ކުރީގެ ޑިޒްނީ ތަރި ސެލީނާއާ އޮތް ގުޅުމުގެ ވާހަކަ ވެފައި ވަނީ ގިނަބަޔަކަށް ސިހުމަކަށެވެ.
އެންމެ ފުރަތަމަ އެ އެ ވާހަކަ ދެކެވެން ފެށީ ޒޭން އިންސްޓަގްރާމުން ސެލީނާ އަށް ފޮލޯ ކުރަން ފެށި ހިސާބުންނެވެ. އޭގެ ފަހުން، އެމެރިކާގެ ނިއު ޔޯކުގައި އެ ދެމީހުން އެކީ ތިބި މަންޒަރު ފެނުނު ބަޔަކު ވަނީ އެކަން ސޯޝަލް މީޑިއާގައި ހާމަކޮށްފަ އެވެ.
މީގެ އަހަރުތަކެއް ކުރިން ވެސް އެ ދެމީހުންގެ ވާހަކަ އިވުނެވެ. އެއީ 2010 ވަނަ އަހަރުގެ އިންޓަވިއުއެއްގައި ސެލީނާ އަށް އެންމެ ކަމުދާ ވަން ޑިރެކްޝަންގެ މެންބަރަކީ ޒޭން ކަމަށް ބުނުމުންނެވެ. އެ ވީޑިއޯ މިހާރު ވަނީ އަނެއްކާވެސް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައިފަ އެވެ.