ރިޔާޒް (ޑިސެމްބަރު 23) - އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް 3-1 އިން ބަލިކޮށް ލާޒިއޯ އިން އިޓާލިއަން ސުޕަ ކަޕް ރޭ ކާމިޔާބުކޮށްފި އެވެ.

މިއީ މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ކުޅޭ ޔުވެންޓަސް މި ސީޒަނުގައި ބަލިވި ދެ ވަނަ މެޗެވެ. މި ދެ މެޗުން ވެސް ބަލިވީ ލާޒިއޯ އަތުންނެވެ. އެންމެ ފުރަތަމަ ބަލިވީ މި މަހުގެ 8 ވަނަ ދުވަހު އިޓާލިއަން ލީގުގައި ހަމަ މި ނަތީޖާ އިންނެވެ

ސައުދީ އަރަބިއާގެ ރިޔާޒްގައި ރޭ ކުޅުނު މެޗުގެ 16 ވަނަ މިނެޓުގައި ލާޒިއޯ އަށް ކުރި ހޯދައިދިނީ ލުއިސް އަލްބާޓޯ އެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޕައޮލޯ ޑީބަލާ ވަނީ ޔުވެންޓަސް އަށް އެއްވަރުކޮށްދީފަ އެވެ. ލާޒިއޯ އަލުން ލީޑު ހޯދީ މޮޅުވީ ދެ ވަނަ ހާފުގައި ސެނާޑް ލުލިޗް އަދި ޑަނީލޯ ކަޓަލްޑީ ޖެހި ލަނޑުތަކުންނެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭ ޔުވެންޓަސްގެ ރޮޑްރިގޯ ބެންޓަކޫރް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ.

މިއީ އިޓާލިއަން ލީގުގެ ޗެމްޕިއަން ޓީމާއި އިޓާލިއަން ކަޕުގެ ޗެމްޕިއަން ޓީމުގެ މެދުގައި ކުޅޭ ސުޕަ ކަޕް ލާޒިއޯ އުފުލާލި ފަސް ވަނަ ފަހަރެވެ. އެންމެ ކާމިޔާބީ އަށް ފަހަރު ހޯދި ޔުވެންޓަސް އެވެ.

ސައުދީގައި ކުޅުނު މެޗަކަށް ވުމާ އެކު ރޭގެ މެޗުގައި ޔުވެންޓަސް އިން ބޭނުންކުރީ އަރަބިން ކުޅުންތެރިން ނަން ޖަހާފައިވާ ހާއްސަ ޖާޒީއެކެވެ. ޖާޒީގައި ފުރަފަހުގައި ޖަހާފައިވާ ނަމްބަރުގެ ތެރެއިން ފާޅުވީ އަރަބި ކެލިގްރަފީ ޑިޒައިނަކުން އަޅާފައިވާ "ޔުވެންޓަސް" މި ލަފްޒެވެ.