ޓޯކިޔޯ (ފެބްރުއަަރީ 22) - ޖައްވީ ހިލައަކުން ސާމްޕަލް ނެގުމަށްޓަކައި ޖަޕާނުގެ ޖައްވީ އުޅަނދު ރިޔޫގު ހިލައަށް ތިރިކޮށްފި އެވެ.

ހިލައާ ހަމައަށް ހަޔުބުސާ-2 އުޅަނދަށް ވާސިލް ވެވުނީ ތިން އަހަރާއި ބައިގެ ދަތުރަކަށް ފަހު މިދިޔަ ޖޫން މަހު އެވެ. ހިލައިގެ ބޭރު ފުށުން ނަގާ ސާމްޕަލްއާ އެކު ޖައްވީ އުޅަނދަށް އެނބުރި ދުނިޔެ އަށް އާދެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު އެވެ.

ހިލަ އިން ސާމްޕަލް ނަގާނީ ސާމްޕްލާ ހޯން އިން. --ފޮޓޯ:ޖާޒާ
ހިލަ އިން ސާމްޕަލް ނަގާނީ ސާމްޕްލާ ހޯން އިން. --ފޮޓޯ:ޖާޒާ

ސާމްޕަލް ނެގުމުގެ މަރުހަލާގައި، ޖައްވީ އުޅަނދުން އެއް ކިލޯ މީޓަރުގެ ފުޅާ ހިލައާ ކައިރިކުރި އިރު ބޭނުން ކުރީ "ސާމްޕްލާ ހޯން" ކިޔާ އާލާތެކެވެ. ޖައްވީ އުޅަނދު ހިލައަށް ތިރިކުރި ވަގުތު ފަސް ގްރާމްގެ ދަގަނޑު "ވަޒަނެއް" ސިކުންތަކު 300 މީޓަރުގެ ބާރު މިނުގައި ފޮނުވާލާނެ އެވެ. ވަޒަން ގޮސް ހިލައިގައި ޖެހޭ ވަގުތު ބުރައިގެންދާ ޕާޓިކަލްތައް ސާމްޕަލް ހޯނުން ދަމައިގަންނާނެ އެވެ.

"ކާމިޔާބު ކަމާ އެކު ޖައްވީ އުޅަނދު ވަނީ ހިލައަށް ތިރިކޮށް ވަޒަން ފޮނުވާލާފައި،" ހަޔަބުސާ-2 ޕްރޮޖެކްޓް މެނޭޖަރު ޔޫޗީ ސޫޑާ ވިދާޅުވި އެވެ.

ޖަޕާނުގެ ކޮންޓްރޯޯލް ރޫމްގައި ތިބި މީހުން އުފާ ފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ
ޖަޕާނުގެ ކޮންޓްރޯޯލް ރޫމްގައި ތިބި މީހުން އުފާ ފާޅު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ރިޔޫގު ހިލަ ނިސްބަތް ވަނީ ސީ-ޓައިޕް ޖައްވީ ހިލައިގެ ކެޓަގަރީއަށެވެ. ބެލްފާސްޓުގެ ކުއީންސް ލޭންޑް ޔުނިވާސިޓީގެ ޕްރޮފެސަރަކު ވިދާޅުވީ އެސްޓްރޮއިޑް ބެލްޓުން ކާބަން-ރިޗް (ސީ-ޓައިޕް) އެސްޓްރޮއިޓް މައިގްރޭޓްވާ ގޮތް އެނގޭ ކަމަށެވެ. އަދި މިގޮތަށް މައިގްރޭޓްވާ އެސްޓްރޮއިޑަކީ ނިއާ-އާތު އެސްޓްރޮއިޑް (އެންއީއޭ) އެވެ. ރުޔޫގު ހިލައިގެ ސާމްޕަލް ނެގުމުން އޭގެ ތާރީޚް ދެނެގަންނަން ފަސޭހަ ވާނެ ކަމަށް ސައެންސްވެރިން ބުނެ އެވެ.

ރަތް ތީރުން ފާހަގަކޮށްފައި ވަނީ ޓާގެޓް މާކާ. --ފޮޓޯ:ޖާޒާ
ރަތް ތީރުން ފާހަގަކޮށްފައި ވަނީ ޓާގެޓް މާކާ. --ފޮޓޯ:ޖާޒާ

ހަޔަބޫސާ-2 އިން ކުރިން ވަނީ ބީންބޭގެއް ކަހަލަ "ޓާގެޓް މާކާ"އެއް ހިލަ އަށް އަޅުވައިފަ އެވެ. އެއީ ޖައްވީ އުޅަނދު ތިރިކުރާނެ ތަން ފާހަގަ ކުރުމަށެވެ. ކޮންޓްރޯލަރުން މަސައްކަތްކޮށްފައި ވަނީ ޓާގެޓް މާކާގެ މެދަށް ތިރިކުރެވޭތޯ އެވެ.

ޖަޕާނުގެ ޖައްވީ އެޖެންސީ (ޖާޒާ) އިން ކުރިން މަސައްކަތްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޖައްވީ އުޅަނދު ހިލައަށް ތިރިކުރާށެވެ.