އިޓަލީގެ އުތުރުހުޅަނގުގެ ބަނދަރަކުން، ގާތްގަނޑަކަށް 250 މިލިއަން ޔޫރޯ (286 މިލިއަން އެމެރިކާ ޑޮލަރު) ގެ ކޮކެއިން އަންގާރަ ދުވަހު އަތުލައިގެންފައިވާ ކަމަށް އިޓަލީގެ ފުލުހުން އަންގާރަ ދުވަހު ބުނެފި އެވެ.
ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަޑޯ ލިގޫރޭ ބަނދަރުން އަތުލައިގަތް ގާތްގަނޑަކަށް 770 ކިލޯގްރާމް (1,700 ޕައުންޑް) ގެ ކޮކެއިން ފޮރުވާފައި ހުރީ އިކުއެޑޯއިން އެތެރެކުރި ފަތްކެޔޮ ޕެލެޓްތަކެއްގެ ތެރޭގައި ކަމަށާއި އެ ތަކެތި ހުރީ ފިނިކުރި ކޮންޓޭނަރެއްގަައި ކަމަށެވެ.
އެ ބަނދަރުން މީގެ ކުރިން ވެސް މަސްތުވާތަކެތި އަތުލައިގެންފައިވާތީ، މިއީ ބައިނަލްއަގުވާމީ ފެންވަރުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ބޭނުންކުރާ ޓްރާންސިޓް ޕޮއިންޓެއްގެ ގޮތުގައި ބެލެވިގެން، ކަމާބެހޭ ފަރާތްތަކުން ވަނީ އެ ތަނަށް ފާރަވެރިވުން އިތުރުކޮށްފަ އެވެ.
ތަހުގީގުކުރާ ފަރާތްތަކުން ބުނި ގޮތުގައި، ޔޫރަޕްގެ ވިޔަފާރީގެ މުހިންމު މަރުކަޒެއްގެ ގޮތުގައި އެ ބަނދަރު ފުޅާވަމުންދިއުމަކީ، ޣައިރުގާނޫނީ އަމަލުތައް ހިންގާ ނެޓްވޯކްތަކަށް އެ ތަން މަގުބޫލުވާ އެއް ސަބަބެވެ.
މި މަހުގެ ކުރީކޮޅު ވެސް ފުލުހުން ވަނީ އެ ބަނދަރުން މަގުމަތީގެ އަގު 120 މިލިއަން ޔޫރޯއަށް، އަރާ 340 ކިލޯގްރާމްގެ ކޮކެއިން އަތުލައިގެންފަ އެވެ.