ކޮޅަށް ހުރެގެން ދުއްވާ އިލެކްޓްރިކް ސްކޫޓަރު އެކްސިޑެންޓުތައް އިތުރުވަމުން ދާތީ ކުޑަކުދިންނަށް މީގެ ސްކޫޓަރު މި ހަފްތާގައި މަނާކުރާނެ ކަމަށް ގްރީސްގެ މިނިސްޓަރަކު ހޯމަ ދުވަހު ވިދާޅުވެއްޖެ އެވެ.
"ކުޑަކުދިން ބޭނުންކުރާ ސްކޫޓަރުތައް... މާދަމާ ވޯޓަށް އަހާ ބިލެއްގެ ދަށުން މިހާރު މަނާކުރާނެ،" ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ޖޯޖިއޯސް ކޮޓްސިރާސް 'ސްކައި ޓީވީ' އަށް ވިދާޅުވި އެވެ.
ކޮޓްސިރާސް ވިދާޅުވި ގޮތުގައި މި ބިލުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި 17 އަހަރުން ދަށުގެ ކުދިން ސްކޫޓަރު ދުއްވުން މަނާކުރުމާއި، ނުރައްކާތެރިކޮށް ދުއްވާ މީހުންނަށް ޖޫރިމަނާ ބޮޑުކުރުމުގެ އިތުރުން އެކްސިޑެންޓް އިންޝުއަރެންސް މަޖުބޫރުކުރުން ހިމެނެ އެވެ.
"ތަފާސްހިސާބުތަކަށް ބަލާއިރު، 17 އަހަރުން ދަށުގެ ކުދިންގެ މެދުގައި އެކްސިޑެންޓްތައް ހިނގާ މިންވަރު އިތުރުވެފައިވާކަން އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައި،" ކޮޓްސިރާސް ވިދާޅުވި އެވެ.
ގްރީކް ހޮސްޕިޓަލް ވާކަރުންގެ ފެޑަރޭޝަނުން ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރު ސްކޫޓަރު އެކްސިޑެންޓްތަކުގައި 400 އަށްވުރެ ގިނަ ކުޑަކުދިންނާއި ޓީންއޭޖް ކުރިންނަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން ގިނަ ކުދިންގެ ފުރާނައަށް ނުރައްކާ ފަދަ އަނިޔާވެފައިވެ އެވެ.