މަޝްހޫރު ލަވަ ކިއުންތެރިޔާ އަދި އެކްޓަރު ޖަސްޓިން ޓިމްބަލޭކް މަޝްހޫރު ޑައިރެކްޓަރު ވުޑީ އެލެންގެ ފިލްމަކަށް ސޮއި ކުރުމުން، އޭނާގެ ފޭނުން ރުޅި ގަދަވެއްޖެ އެވެ.

ޖަސްޓިން، 35، ސޮއި ކުރީ އަދި ވަކި ނަމެއް އިއުލާންކޮށްފައިވާ ނުވާ ވުޑީގެ ފީރިއަޑް ޑްރާމާއަކަށެވެ. މި ފިލްމުގެ ތަރިންގެ ތެރޭގައި ކޭޓް ވިންސްލެޓާއި ޖޭމްސް ބެލުޝީ އަދި ޖޫނީ ޓެމްޕްލް ހިމެނެ އެވެ.

ވުޑީ، 80، ގެ މި ފިލްމަށް ޖަސްޓިން ސޮއި ކުރުމުން އެކަމާ ހިތްހަމަނުޖެހިގެން، އޭނާގެ ފޭނުން އަންނަނީ ޓްވިޓާގައި ތަފާތު ގޮތްގޮތަށް ހިޔާލު ފާޅު ކުރަމުންނެވެ.

ފޭނުންގެ އެންމެ ބޮޑު މައްސަލައަކީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުތަކެއް އެޅުވިފައިވާ ޑައިރެކްޓަރެއްގެ ފިލްމަކަށް އެ މީހުން ލޯބިވާ ތަރިއަކު ސޮއި ކުރުމުންނެވެ. އެހެންވެ ޖަސްޓިންގެ މި ނިންމުމަކީ ފޭނުން ބަލައި ގަންނާނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު ޓްވީޓްކޮށްފައިވެ އެވެ.

ވުޑީގެ އެޑަޕްކޮށްގެން ގެންގުޅުނު ޑައިލަން ފެރޯ ބުނެފައިވާ ގޮތުގައި އޭނާ ކުޑަ އިރު، ވުޑީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާކޮށްފައިވެ އެވެ.

ވުޑީ އެލެން: ބައެއް މީހުންގެ ފާޑު ކިއުންތައް އަމާޒުވެފައިވޭ.
ވުޑީ އެލެން: ބައެއް މީހުންގެ ފާޑު ކިއުންތައް އަމާޒުވެފައިވޭ.

"އަހަރެމެން އުންމީދު ކުރަން ފިލްމުގައި އުޅޭ ތަރިން އެ މީހުންގެ ދަރިން ސެޓަށް ނުގެންދާނެ ކަމަށް،" ވުޑީގެ ފަރާތުން ގޯނާއެއް ލިބިދާނެ ކަމަށް އިޝާރާތްކޮށް، ޖަސްޓިންގެ ފޭނަކު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

ވުޑީގެ ކުރިއަށް ހުރި ފިލްމުތަލުގެ ތެރެއިން މި މަހުގެ 15 ގައި ރިލީޒް ކުރާ "ކެފޭ ސޮސައިޓީ" ގެ އެއް ބަތަލާ ބްލޭކް ލައިވްލީ ބުނި ގޮތުގައި ވުޑީއަކީ އެކުގައި މަސައްކަތްކޮށްލަން ވަރަށް ރަނގަޅު ޑައިރެކްޓަރެކެވެ. އަދި އޭނާ އަަށް ކުރެވުނު ތަޖުރިބާ ވަރަށް ރަނގަޅު ކަމަށް ބުނެފައިވެ އެވެ.

"އަހަރެން ވަރަށް އުފާ ކުރަން އޭނަގެ ފިލްމެއްގައި މަސައްކަތް ކުރަން ފުރުސަތު ލިބުމުން،" އެކްޓަރު ރަޔަން ރޭނޮލްޑްސް އާ އެކު ކައިވެނިކޮށް މިހާރު ދެވަނަ ދަރިއަކަށް ބަލިވެ އިން ބަތަލާ ބުންޏެވެ.