މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ރައްކާތެރި ކަމާއެކު، ވިސްލްބްލޯ ކުރެވޭނޭ ގޮތްތަކެއް މުވައްޒަފުންނަށް ފަހިކޮށްދީފި އެވެ.

މިފްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނީގެ މުދަލާއި ފައިސާ އަދި އެހެނިހެން ވަސީލަތްތައް ބަލަހައްޓައި ބޭނުންކުރާއިރު، އެ ތަނުގެ އޮޕަރޭޝަންގައި ކުންފުންޏަށް ގެއްލުން ވާނެ ގޮތަށް، އުސޫލުތަކާ ހިލާފަށް އެތެރޭގައި ހިނގާ ކަންކަން ކުންފުނީގެ އިންޓާނަލް އޮޑިޓާއި ބޯޑަށް އެންގުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމަށް މިހާރު ފަހިވާނެ ކަމަށެވެ.

ވިސްލްބްލޮވާ ނިޒާމުގެ ތެރެއިން މިފްކޯގެ މުވައްޒަފުންނާއި އާންމުންނަށް ވެސް މައްސަލަ ހުށަހެޅޭނެ އެވެ. ވިސްލްބްލޯ ކުރާ މީހުންގެ މައުލޫމާތު ރައްކާތެރިކޮށް، ބެލެހެއްޓުމަށްޓަކައި ހާއްސަ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައިވާ ކަމަށް މިފްކޯ އިން ބުންޏެވެ.

އެފަދަ މައްސަލައެއް ރިޕޯޓް ކުރާ މީހުންގެ ވަނަވަރު ނޭނގޭ ގޮތަށް ނުވަތަ 'އެނޮނިމަސް' ކޮށް ވެސް ރިޕޯޓް ކުރެވޭ ނެ ގޮތް ވަނީ މިފްކޯ އިން ވަނީ ހަމަޖައްސައިފަ އެވެ. މައްސަލަތައް ވެބްސައިޓުގައިވާ ވިސްލްބޮލޮވާ ލިންކު މެދުވެރިކޮށް ވެސް ހުށަހެޅޭނެ އެވެ. އަދި ވިސްލްބްލޮވާ ހޮޓްލައިން ނަންބަރު 7212141 އަށް ގުޅައިގެން އަދި ވައިބާ އާއި ވަޓްސްއެޕް މެދުވެރިކޮށް ވެސް މައްސަލަ ހުށަހެޅޭނެ ކަމަށް މިފްކޯ އިން ބުންޏެވެ.