މަރުވެފައި އޮތް ބޮޑު މަހެއް ސ. ހިތަދުއަށް މިއަދު ލައްގައިފި އެވެ.
ހިތަދޫ ކޮރަވައު ދާއިރާގެ މެމްބަރު އިބްރާހިމް ޝިނާޒު ވިދާޅުވީ އީދިގަލިއަށް ލެއްގި ސްޕާމް ވޭލުގައި ގާތްގަނޑަކަށް 45 ފޫޓު އެބަހުރި ކަމަށެވެ. ހިތަދޫ އުތުރު ފަރާތުގެ އަތިރިމައްޗަށް ބޮޑު މަހެއް ލައިގެން އުޅޭކަން އެންމެ ފުރަތަމަ އެނގުނީ އެ ސަރަހައްދުގައި އުޅުނު ބަޔަކަށް ހެނދުނު 7:30 ހާއިރެވެ.
އެ ބޮޑު މަހަށް ބަލާފައި، މަރުވެ ގިނަ ދުވަސްވެފައިވާކަން އެނގޭ ކަމަށް ޝިނާޒު ވިދާޅުވި އެވެ.
"އެ ތަނާ ކައިރިވެލީމަ ނުބައި ވަސް ވެސް އެބަ ދުވާ ވަރަށް ބޮޑަށް،" އޭނާ ވިދާޅުވި އެވެ.
ސިފައިންނާ ފުލުހުން އަދި ކައުންސިލް ގުޅިގެން މިހާރު އަންނަނީ ބޮޑު މަސް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.
ސްޕާމް ވޭލަކީ ބޮޑު މަހުގެ ވައްތަރު ތަކުގެ ތެރެއިން ދަތް ހުންނަ އެންމެ ބޮޑު މަހެވެ. އޭގެ މަސް 52 ފޫޓަށް ބޮޑުވާއިރު، ބަރުދަނުގައި 40 ޓަނު ހުންނާނެ އެވެ. ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރަނީ 70 އަހަރު ވަންދެންނެވެ.