މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށާއި އުފެއްދުންތެރިކަން މައްޗަށް ގެންދިއުމަށާއި ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް ހުރިހާ ގޮތަކުން ވެސް މިހާރަށް އެންމެ މުހިންމު މަޝްރޫއޫކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތް ބައްލަވާލެއްވުމަށް ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ރައީސް މުއިއްޒު ވިދާޅުވީ މި މަސައްކަތް ސަރުކާރުގެ ހުރިހާ ފަރާތްތަކާއި އަދި މިކަމުގައި އެހީތެރިކަންދޭ ބޭރުގެ ފަރާތްތަކާއެކުގައި ވަރަށް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، މާލޭގެ ވިޔަަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަޝްރޫއު ނިންމައި އަންނަ އަހަރުގެ ނޮވެމްބަރު 11 ގައި ހުޅުވާނެ އެވެ. އެއިރުން މާލޭގައި ހިންގާ ވިޔަފާރި ބަނދަރަށް ވުރެ ހަތަރު ގުނައިގެ ސަރަހައްދެއް ބޮޑުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

"...ސައިޒުގެ ގޮތުން އަދި އެހެނިހެން ގޮތްގޮތުން ވެސް ކެޕޭސިޓީ ހުރިހާ މިންގަނޑަކުން ބަލާއިރު ވެސް. އޭގެ ނަތީޖާއަކަށް ވާނީ ވިޔަފާރީގެ ދާއިރާއިން ޖުމުލަކޮށް ރާއްޖޭގެ އިގުތިސާދުގެ ދާއިރާއިން ވަރަށް ބޮޑު ދޮރެއް ހުޅުވިގެން މިދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއެރުވުމަށާއި ވިޔަފާރިތައް ފުޅާކުރުމަށްޓަކައި މިހާރު އެންމެ މުހިންމު މަޝްރޫއުއަކީ މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން ކަމަށެވެ.

އަދި މި މަސައްކަތުގައި ރެޔާއި ދުވާލު ވަރަށް ބުރަކޮށް ހަރަކާތްތެރިވާ ކަމާބެހޭ ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން ކުރާ އަގުހުރި މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކަށް އެ މަނިކުފާނު ޝުކުރު ދެންނެވި އެވެ.

ތިލަފުއްޓަށް މާލޭ ކޮމާޝަލް ހާބަރު ބަދަލުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އެމްޕީއެލްގެ ފަރާތުން ރައީސް މުއިއްޒަށް މިއަދު އަރުވަނީ.
ތިލަފުއްޓަށް މާލޭ ކޮމާޝަލް ހާބަރު ބަދަލުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އެމްޕީއެލްގެ ފަރާތުން ރައީސް މުއިއްޒަށް މިއަދު އަރުވަނީ.

ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މި މަސައްކަތުގެ ދަށުން ވަސީލަތް ފުރިހަމަ ޕޯޓެއްގެ ގޮތުގައި، އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނޭކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ކުރިން ދެއްވައިފަ އެވެ.

ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތުގައި، އެތެރޭގެ އުޅަނދުފަހަރަށް ހާއްސަ ކީ-ވޯލްގެ ފުރަތަމަ 100 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ބިންގަނޑު އެއްވަރުކޮށް މަގުތައް ހެދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، އެތެރޭގެ ކީ-ވޯލްގެ ހިއްކި ސަރަޙައްދު ބެކްފިލް ކުރުމުގެ ގާތްގަނޑަކަށް 40 ޕަސެންޓު މަސައްކަތް ވަނީ ނިމިފަ އެވެ.

ތިލަފުއްޓަށް މާލޭ ކޮމާޝަލް ހާބަރު ބަދަލުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އެމްޕީއެލްގެ ފަރާތުން ރައީސް މުއިއްޒަށް މިއަދު އަރުވަނީ.
ތިލަފުއްޓަށް މާލޭ ކޮމާޝަލް ހާބަރު ބަދަލުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އެމްޕީއެލްގެ ފަރާތުން ރައީސް މުއިއްޒަށް މިއަދު އަރުވަނީ.

އަދި ކީ-ވޯލަށް ބޭނުންވާ ޕްރީކާސްޓް ކޮންކްރީޓް ބްލޮކްތައް ސައިޓުގައި އުފެއްދުމުގެ މަސައްކަތާއި ބޭނުންވާ މެޝިނަރީއާއި ވަސީލަތްތައް ހޯދުމުގެ އިތުރުން ޓާމިނަލް އިމާރާތްތައް އަޅާނެ ކޮންޓްރެކްޓަރަކު ހޮވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރިއަށެވެ.

ތިލަފުށީގައި ގާއިމުކުރާ 60 ހެކްޓަރުގެ ޖާގައިގެ މި ބަނދަރު ހުޅުވޭއިރު އަހަރަކު 390،000 ޓީއީޔޫ ކެޕޭސިޓީގައި ކޮންޓެއިނަރު ގެންގުޅުމުގެ ޖާގަ ހެދޭނެ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ. އަދި މުޅި މަޝްރޫއު ނިމޭއިރު މި އަދަދު އަހަރަކު 1.8 މިލިއަން ޓީއީޔޫ އަށް ކޮންޓެއިނަރުގެ ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށް ބުންޏެވެ. ބަނދަރު ހުޅުވާނީ ފުން މިނުގައި 14.6 މީޓަރު ހުންނަ ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 375 މީޓަރު ދިގު ކީ-ވޯލަކާއެކުގަ އެވެ. މި ކީ-ވޯލް 1.4 ކިލޯމީޓަރަށް ދިގުކުރުމުގެ ޖާގައޮންނާނެ އެވެ.

ތިލަފުއްޓަށް މާލޭ ކޮމާޝަލް ހާބަރު ބަދަލުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އެމްޕީއެލްގެ ފަރާތުން ރައީސް މުއިއްޒަށް މިއަދު އަރުވަނީ.
ތިލަފުއްޓަށް މާލޭ ކޮމާޝަލް ހާބަރު ބަދަލުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް އެމްޕީއެލްގެ ފަރާތުން ރައީސް މުއިއްޒަށް މިއަދު އަރުވަނީ.

މީގެ އިތުރުން މި ބަނދަރުގައި ޑޮމެސްޓިކް އުޅަނދުފަހަރަށް ހާއްސަ ގާތްގަނޑަކަށް ދެ ކިލޯމީޓަރަށް ވުރެ ދިގު ކީ-ވޯލެއް ހަދަން ވެސް ވަނީ ނިންމައިފަ އެވެ. މި ބަނދަރުގައި ގާއިމުކުރާ ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ހާއްސަ 375 މީޓަރު ދިގު ކީ-ވޯލް ހެދުމާއެކު، މުދާ ބަރުކޮށް ބާލައިހެދުން ގާތްގަނޑަކަށް ދެ ދުވަހުގެ "ޓާން އަރައުންޑް ޓައިމްއަކަށް" ކުރުކުރެވޭނެ ކަމަށް އެމްޕީއެލް އިން ލަފާކުރެ އެވެ.

މާލޭ ވިޔަފާރި ބަނދަރުގައި އުޅަނދުފަހަރުން މުދާ ބަރުކޮށް ބާލައި ހެދުމުގެ މި ހިދުމަތް ދިނުމަށް މިހާރު ހަތް ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވެ އެވެ. ބަނދަރު ހުޅުވޭއިރު ޝިޕް-ޓު-ޝޯ ދެ ކީ ކެރޭނާއި އެއް މޮބައިލް ހާބަރު ކެރޭނު ގާއިމުކުރުމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.