އަނބިމީހާގެ ގެއްލިފައިވާ އިތުބާރު އަލުން ހޯދައި، އިސްލާހުވެއްޖެކަން ވެސް ސާބިތުކޮށް ދިނުމުގެ ގޮތުން އެމެރިކާގެ ފިރިހެނަކު ހަށިގަނޑުގައި ޓެޓޫ "ބަޔާނެއް" ލިޔެފި އެވެ.
މޭމަތިން ފެށިގެން ފޫޅާ ހަމައަށް އެ މީހާ ލިޔެފައިވާ "ބަޔާނުގައި" ލިޔެފައިވަނީ އަމިއްލަ އަށް ބޭނުންވެގެން މި މަހުގެ ދެ ވަނަ ދުވަހު ހަށިގަނޑުގައި ޓެޓޫ ޖެހީ އަންހެނުންގެ އިތުބާރު އަލުން ހޯދަން ކަމަށާއި މިހާތަނަށް އަންހެނުން ހިތްދަތިވާ ކަހަލަ ކަންކަން ކުރެވިފައިވާ ކަމަށެވެ.
އެގޮތުން އޭނާއަކީ ދޮގުވެރި، މަކަރުވެރި، އޮޅުވައިލާ އަދި އަމިއްލަ އެދުން އިސްކޮށް ކަންކަން ކުރާ، އިހުލާސްތެރިކަން ކުޑަ، އެހެން މީހުންގެ ގަދަރާއި އިހުތިރާމަށް ސަމާލުކަން ނުދޭ މީހެއް ކަމަށް އަމިއްލަ އަށް އެއްބަސްވާ ކަމަށް ބުންޏެވެ.
އަދި "ބަޔާން" ނިންމާލައިފައި ވަނީ ފޫޅާ ދިމާލުގައި ޖަހާފައި ހުރި ޓެޓޫގެ ބައެއް ކުރެހުންތަކާ ވެސް އެކީގަ އެވެ.