ދެ އިނގިލި ކުރިން ހިފުމުން ނުފެންނަހާ ކުޑަ މައިކްރޮއެސްޑީ ކާޑުތައް "ވަންޓީބީ" އަށް ޖާގަ އިތުރުކޮށްފި އެވެ. މިއީ މިހައި ކުޑަކުޑަ އެއްޗަކަށް "ޑާޓާ" އުފުލިދާނެ ކަމަށް ހީވެސްނުކުރެވޭހާ ބޮޑު އަދަދެކެވެ.

"ވަންޓީބީ" މައިކްރޮއެސްޑީ ކާޑުތައް ސަޕޯޓްކުރާ ފެންވަރަށް ސްމާޓްފޯނުތައް އުފައްދަން ފެށުމުން އަހަރެމެންނަށް ހީވެފައި އޮތީ އެއީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށެވެ. އެއީ ދުވަހަކު ވެސް މައިކްރޮއެސްޑީ ކާޑްތައް ވަންޓީބީ އަށް ޖާގަ އިތުރުކުރާނެ ކަމަށް ލަފާކުރެވިފައި ނެތުމުންނެވެ. ނަމަވެސް، ސޭންޑިސްކް އަދި މައިކްރަން އިން ވަނީ އަހަރެމެން ހީކުރި ގޮތް ރަނގަޅު ނޫންކަން ކަށަވަރުކޮށްފަ އެވެ.

މައިކްރޮއެސްޑީ ކާޑުގައި، މުހިންމު މައުލޫމާތު ރައްކާކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ހީވެފައި އޮވެ އެވެ. ސަބަަބަކީ، މައިކްރޮއެސްޑީ ކާޑަކީ ވަރަށް ބަލިކަށި އަދި ޑިވައިސް ނުވަތަ ފޯނު ބަދަލުކުރަން އުޅުމުގެ ތެރޭގައި، އެ އަށް އޮބި ނުވަތަ ލިބޭ ވަރަށް ކުޑަ މިންވަރެއްގެ ގެއްލުމަކުން ނަމަވެސް، ހަލާކުވުން އެކަށީގެންވާ އެއްޗަކަށް ވާތީ އެވެ. މި ބުނި ހާލަތު ބައެއް މީހުންނަށް ތަޖުރިބާކުރެވިފައި ވެސް ވެ އެވެ.

ސޭންޑިސް އަދި މައިކްރަން ފަދަ މަޝްހޫރު އަދި މި ދާއިރާ އަށް ފަރިތަ ކުންފުނިތަކުން، މައިކްރޮއެސްޑީ ކާޑަށް މި ބަދަލު ގެނައުމަކީ، މައިކްރޮއެސްޑީ ކާޑްތައް ބޭނުންކުރާ މީހުންނަށް އުފާވެރި ޚަބަރެެކެވެ. މި ކާޑްތަކުގައި ހަރުދަނާ ކަމެއް ނެތް ނަމަ، މިހާ ބޮޑު "ޖާގައެއް" ފުރުސަތު ދޭނެ ކަމަކަށް ވެސް ނުބެލެވެ އެވެ. އެކަމަކު ވެސް، ރައްކާތެރިވެ ތިބުން ބުއްދިވެރި އެވެ. މައިކްރޮއެސްޑީ ކާޑެއް ބޭނުންކުރި ނަމަވެސް، މުޅި އިތުބާރު އެ އަށް ދޫކޮށްނުލާާށެވެ.

ވަންޓީބީ މައިކްރޮއެސްޑީ ކާޑަކީ މި ދާއިރާއިން ދުނިޔެ އަށް މުޅިން އާކަމެކެވެ. ސޭންޑިސްކް އިން ބުނާ ގޮތުގައި، އެ މީހުންގެ ކާޑުތަކަށް ވުރެ ވަކި ދުވެލި ބާރު މައިކްރޮއެސްޑީ ކާޑެއް ނެތެވެ. މައިކްރަން އިން ބުނަނީ، ވަންޓީވީ ސްޓޯރޭޖް ޖާގަ ހިފަހައްޓާ ފެންވަރަށް މައިކްރޮއެސްޑީ ކާޑްތައްް އެންމެ ފުރަތަމަ ގެނައި ބަޔަކީ އެ މީހުން ކަމަށެވެ. އަދި އެކަމަކު މައިކްރަން އިން ކާޑުތަކުގެ އަގު ކަނޑައެއް ނާޅަ އެވެ. ސޭންޑިސްކް ވަންޓީބީ ކާޑެއްގެ އަގަކީ 449 ޑޮލަރެވެ.

މައިކްރޮއެސްޑީ ކާޑުގައި، މުހިންމު މައުލޫމާތު ރައްކާކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ހީވެފައި އޮވެ އެވެ. ސަބަަބަކީ، މައިކްރޮއެސްޑީ ކާޑަކީ ވަރަށް ބަލިކަށި އަދި ޑިވައިސް ނުވަތަ ފޯނު ބަދަލުކުރަން އުޅުމުގެ ތެރޭގައި، އެ އަށް އޮބި ނުވަތަ ލިބޭ ވަރަށް ކުޑަ މިންވަރެއްގެ ގެއްލުމަކުން ނަމަވެސް، ހަލާކުވުން އެކަށީގެންވާ އެއްޗަކަށް ވާތީ އެވެ. މި ބުނި ހާލަތު ބައެއް މީހުންނަށް ތަޖުރިބާކުރެވިފައި ވެސް ވެ އެވެ.

ސޭންޑިސް އަދި މައިކްރަން ފަދަ މަޝްހޫރު އަދި މި ދާއިރާ އަށް ފަރިތަ ކުންފުނިތަކުން، މައިކްރޮއެސްޑީ ކާޑަށް މި ބަދަލު ގެނައުމަކީ، މައިކްރޮއެސްޑީ ކާޑްތައް ބޭނުންކުރާ މީހުންނަށް އުފާވެރި ޚަބަރެެކެވެ. މި ކާޑްތަކުގައި ހަރުދަނާ ކަމެއް ނެތް ނަމަ، މިހާ ބޮޑު "ޖާގައެއް" ފުރުސަތު ދޭނެ ކަމަކަށް ވެސް ނުބެލެވެ އެވެ. އެކަމަކު ވެސް، ރައްކާތެރިވެ ތިބުން ބުއްދިވެރި އެވެ. މައިކްރޮއެސްޑީ ކާޑެއް ބޭނުންކުރި ނަމަވެސް، މުޅި އިތުބާރު އެ އަށް ދޫކޮށްނުލާާށެވެ.

ވަންޓީބީ މައިކްރޮއެސްޑީ ކާޑަކީ މި ދާއިރާއިން ދުނިޔެ އަށް މުޅިން އާކަމެކެވެ ސޭންޑިސްކް އިން ބުނާ ގޮތުގައި، އެ މީހުންގެ ކާޑުތަކަށް ވުރެ ވަކި ދުވެލި ބާރު މައިކްރޮއެސްޑީ ކާޑެއް ނެތެވެ. މައިކްރަން އިން ބުނަނީ، ވަންޓީވީ ސްޓޯރޭޖް ޖާގަ ހިފަހައްޓާ ފެންވަރަށް މައިކްރޮއެސްޑީ ކާޑްތައްް އެންމެ ފުރަތަމަ ގެނައި ބަޔަކީ އެ މީހުން ކަމަށެވެ. އަދި އެކަމަކު މައިކްރަން އިން ކާޑުތަކުގެ އަގު ކަނޑައެއް ނާޅަ އެވެ. ސޭންޑިސްކް ވަންޓީބީ ކާޑެއްގެ އަގަކީ 449 ޑޮލަރެވެ.