އެސްޓީއޯ އިން މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ބާއްވާ "އެސްޓީއޯ ރަމަޒާން ބާޒާރު" ފަށައިފި އެވެ.

މި ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވާ ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރެވެ.

މި ޕްރޮމޯޝް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މެއި 16 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓާއި ރަށްރަށުގައި ހުރި އެސްޓީއޯގެ ހުރިހާ ފިހާރައަކުން ވެސް ތަކެތި ހެޔޮ އަގެއްގައި ލިބޭނެ އެވެ. މި ޕްރޮމޯޝަންގެ ތެރެއިން 30 ޕަސެންޓާ ހަމަޔަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. އެގޮތުން ބަދިގޭ ސާމާނާއި މެޝިން ފަދަ ތަކެތިން ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.

އެސްޓީއޯގެ ސީނިއާ މެނޭޖާ، އައިމިނަތު ޝުރުފާ ވިދާޅުވީ، މި ޕްރޮމޯޝަންގެ ތެރެއިން އެއް މިލިއަން ރުފިޔާގެ އަގު ހުރި އިނާމުތައް ކަސްޓަމަރުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ފިހާރައި ބޭރުގައި ބެހެއްޓިފައިވާ ޕްރޮމޯޝަން ބެނާއެއް. ޕްރޮމޯޝަންގެ ދަށުން އެއް މިލިއަން ރުފިޔާގެ އިނާމު ކަސްޓަމަރުންނަށް ދޫކުރެވޭނެ--ފޮޓޯ:ހަސަން ނަޝާތު/މިހާރު
އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް ފިހާރައި ބޭރުގައި ބެހެއްޓިފައިވާ ޕްރޮމޯޝަން ބެނާއެއް. ޕްރޮމޯޝަންގެ ދަށުން އެއް މިލިއަން ރުފިޔާގެ އިނާމު ކަސްޓަމަރުންނަށް ދޫކުރެވޭނެ--ފޮޓޯ:ހަސަން ނަޝާތު/މިހާރު

"ކަސްޓަމަރުން މުދާ ގަތުމުން ވަގުތުން ލިބޭ އިނާމުތަކުގެ އިތުރުން ކޮންމެ ހަފްތާއަކު އެއް ފަހަރު ނަސީބުވެރިއަކު ހޮވަން. އޭގެ އިތުރުން ޕްރޮމޯޝަން ނިމުމުން ގްރޭންޑް ޕްރައިޒެއް ވެސް އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

ޕްރޮމޯޝަންގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 80،000ރ. އިނާމެއް ލިބޭނެ އެވެ. ދެވަނަ އަންނަ ފަރާތަކަށް 40،000ރ. އަގު ހުރި އިނާމު ލިބޭއިރު ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 20،000ރ. ގެ އިނާމެއް ލިބޭނެ އެވެ.

ޝުރުފާ ވިދާޅުވީ، ވަގުތުން ލިބޭ އިނާމުތަކުގެ ތެރޭގައި ފިލިޕްސްގެ އެއާ ފްރަޔާއެއް ގަތުމުން ފެން ހޫނު ކުރާ ޖަގެއް ލިބޭ އިރު މަކިޓާ ބްރޭންޑްގެ 30،000ރ. އިން މަތީ ވިޔަފާރި ކުރާ ފަރާތްތަކަށް "ސަފްރައިޒް" އިނާމުތަކެއް ލިބޭނެ ކަމަށެވެ.

ޕްރޮމޯޝަންގެ ތެރެއިން ކުރާ ކޮންމެ 500ރ. ގެ އިނާމަކަށް ކޫޕަނެއް ލިބޭނެ އެވެ.