ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނުގެ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ ހޯމް އިމްފްރޫވްމެންޓުން މިދިޔަ ބުރާސްފަތި ދުވަހު ފަށައިފި އެވެ.
މި މަސް ނިމެންދެން ކުރިއަށް ގެންދާ "ހެޕީ ލޯންޑްރީ ޑޭ" ޕްރޮމޯޝަނުގައި ހިޓާޗީ ބްރޭންޑުގެ ދޮންނަ މެޝިނު ހެޔޮ އަގުގައި ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
މި ޕްރޮމޯޝަނުގެ ދަށުން ގަންނަ ދޮންނަ މެޝިނުތަކަށް އެއް އަހަރު ދުވަހުގެ ވޮރަންޓީއެއް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުން ގަންނަ ދޮންނަ މެޝިންތައް، އެ މީހުންގެ ގެއަށް ހިލޭ ގެންގޮސްދޭނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
ހިޓާޗީ ބްރޭންޑުގެ ދޮންނަ މެޝިނުތަކުގެ ތެރެއިން އެސްޓީއޯގައި ލިބެން ހުންނަ އޮޓަމެޓިކް ދޮންނަ މެޝިނަކީ ފެނާއި ކަރަންޓު މަދުން ބޭނުން ކުރާ، މަދު އަންނައުނުކޮޅެއް ވެސް ފަސޭހައިން ދޮވެވޭނެ ގޮތަށް ޑިޒައިންކޮށްފައިވާ ދޮންނަ މެޝިނެކެވެ. އަދި އެ ބްރޭންޑުގެ މެނުއަލް ދޮންނަ މެޝިނު ވެސް ހެޔޮ އަގުގައި މި ޕްރޮމޯޝަނުގެ ދަށުން ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯއަކީ ހިޓާޗީ ބްރޭންޑުގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓަރު އަދި އާފްޓާ ސޭލްސް ސާވިސް ޕްރޮވައިޑަރެކެވެ.