ޕްރިމިއާ ލީގުގައި 14 އަހަރަށް ފަހު ލިވަޕޫލްގެ ދަނޑު. އެންފީލްޑްގައި އެ ޓީމުގެ މައްޗަށް އާސެނަލުން ފުރަތަމަ ފަހަރަށް ކާމިޔާބު ހޯދައިފި އެވެ. 

ފުރަތަމަ ހާފުގައި ކައި ހަވަޓްޒްގެ ޖެހި ލަނޑުން، އާސެނަލުން 1-0 ން މޮޅުވެ، މެޗުގެ ތިން ޕޮއިންޓް ކަށަވަރު ކުރި އެވެ.

އެންފީލްޑްގައި 14 އަހަރަށް ފަހު، އާސެނަލުން ހޯދި ފުރަތަމަ މޮޅަށް ފަހު އެ ޓީމުގެ ކޯޗު އާތެޓާ ކުޅުންތެރިންނަށް މަރްހަބާ ކިޔަނީ --- ފޮޓޯ: ޑެރެން ސްޓޭޕަލްސް | އޭއެފްޕީ
އެންފީލްޑްގައި 14 އަހަރަށް ފަހު، އާސެނަލުން ހޯދި ފުރަތަމަ މޮޅަށް ފަހު އެ ޓީމުގެ ކޯޗު އާތެޓާ ކުޅުންތެރިންނަށް މަރްހަބާ ކިޔަނީ --- ފޮޓޯ: ޑެރެން ސްޓޭޕަލްސް | އޭއެފްޕީ

މީގެ ކުރިން އެންފީލްޑްގައި ލިވަޕޫލާ ދެކޮޅަށް އާސެނަލަށް މޮޅުވެވުނީ ސެޕްޓެމްބަރު 2012 ގަ އެވެ. އޭގެ ފަހުން، ރޭގެ މެޗާ ހަމައަށް އެ ދަނޑުގައި އާސެނަލުން ކުޅުނު 13 މެޗުގެ ތެރެއިން އަށް މެޗުން ވަނީ ބަލިވެފަ އެވެ. 

އާސެނަލުން ވަނީ ދެވަނަ ހާފުގައި ވެސް ކޮންޓްރޯލްކޮށް ލިވަޕޫލް މުޅިން ހުއްޓުވާފަ އެވެ. އެ މެޗަކީ އަމިއްލަ ދަނޑުގައި ކުޅެ ލިވަޕޫލަށް ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާނުލެވުނު ފުރަތަމަ ކުރިމަތިލުމެވެ. 

ލިވަޕޫލާއި އާސެނަލް ބައްދަލުކުރި ޕްރިމިއާ ލީގު މެޗުގެ ތެރެއިން، ލިވަޕޫލްގެޑިފެންޑަރު ޖެރެމީ ޖެކުއެޓް (ވ) އާއި އާސެނަލްގެ މިޑްފީލްޑަރު ކައި ހަވާޓްޒް (ވ) ބޯޅައިގެ ހޯދަން ވާދަކުރަނީ --- (ފޮޓޯ: ޑެރެން ސްޓޭޕަލްސް | އޭއެފްޕީ

މެޗަށް ފަހު އާތެޓާ ބުނީ އެ ތާރީ މޮޅު ހޯދުމުގެ މިޝަނަށް އޭނާގެ ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް އެދިއެދި ކަމަށެވެ. 

"[ކުޅުންތެރިން] މި މިޝަން ދެކެ ލޯބިވޭ. އަދި މިޝަނަކީ 14 އަހަރު ވަންދެން އަހަރެމެންނަށް ނުކުރެވުނު ކަމެއް. އެކަމަށް އެކަން ނުވުމުގައި ސަބަބުތައް ހުރި. ބައެއް ފަހަރު އެއީ ނަފްސާނީ މައްސަލަތައް، އަދި ބައެއް ފަހަރު ދަނޑުމަތީގައި ދެއްކުނު ފެންވަރާއި ވަކި ވަގުތުތަކެއްގައި ނުވަތަ ނިންމުންތަކާ ގުޅިފައިވާ ކަންކަންމުގެ ސަބަބުން (މި މެޗާ ހަމައަށް ނުކުރެވި އޮތް ކަމެއް)،" އާޓެޓާ ބުންޏެވެ. 

މި މޮޅާ އެކު އެ ޓީމު ވަނީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައި، ލިވަޕޫލަށް ވުރެ 9 ޕޮއިންޓު ކުރިއަށް ޖެހިލާފަ އެވެ.