ސްޕެއިން އާއި މިސްރު އަންގާރަ ދުވަހު ކުޅުނު މެޗުގައި، މުސްލިމުންނަށް އަމާޒުކޮށް ސްޓޭޑިއަމްގައި ކުރި ފުރައްސާރަ އަށް ލަމީން ޔަމާލް ރައްދު ދީފި އެވެ.
"އިހުތިރާމް ކުޑަ އަދި ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށް ބުނެ ސްޕެއިންގެ ތަރި ލަމީން ޔަމާލް އެކަން ވަރަށް ބޮޑަށް ބާސެލޯނާ ސިޓީގެ އާރްސީޑީއީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި، ސަޕޯޓަރުން ވަނީ މިސްރަށް އަމާޒުކޮށް މުސްލިމުންނާ ދެކޮޅަށް ފަތިވަރުތަކެއް ކިޔާފައެވެ.
ސްޕެއިންގެ ސަޕޯޓަރުން ތިބި ސަރަހައްދުން ގޮވަމުންދިޔައީ ދަނޑުގައި ތިބެ ނުފުންމާނަމަ، ތިޔައީ މުސްލިމެއް" ކަމަށެވެ.
މި ގޮވުންތަކަކީ ސީދާ ޔަމާލް އަށް އަމާޒުކޮށް ގިވި ގޮވުންތަކެއް ނޫނެވެ. ނަމަވެސް އޭނާ ވަނީ ސްޕެއިންގެ ސަޕޯޓަރުން ގޮވި އެ ގޮވުންތައް ކުށްވެރިކޮށް ރައްދު ދީފަ އެވެ.
"އަހަރެންނަކީ މުސްލިމެއް، އަލްހަމްދުލިﷲ،" އިންސްޓަގްރާމްގައި ޔަމާލް ލިޔެފައި ވެއެވެ.
"ސްޓޭޑިއަމް ތެރޭގައި 'ތިބާ ނުފުންމާނަމަ، ތިއީ މުސްލިމެއް' ކަމަށް ބުނެ އަޑުގަދަކުރި. އަހަރެންނަށް އެނގޭ އެއީ އިދިކޮޅު ޓީމަށް އަމާޒުކޮށް ގޮވަމުން ދިޔަ އެއްޗެއްކަން، އެކަމަކު މުސްލިމެއްގެ ހައިސިއްޔަތުން އެއީ އިހުތިރާމް ކުޑަ އަދި ބަލައިގަނެވޭނެ ކަމެއް ނޫން."
އޭނާ ބުނީ މަދު ސަޕޯޓަރުންތަކެއްގެ ފަރާތުން ވިޔަސް، އެފަދަ އަމަލުތައް ފެނުމަކީ ކަންބޮޑުވާން ޖެހޭނެ ކަމެކެވެ. އޭނާ ބުނި ގޮތުގައި ސްޓޭޑިއަމް ތެރޭގައި މީހުންނަށް މަލާމާތްކުރުމަށް އެބަޔަކު ގަބޫލުކުރާ ދީނަށް ފުރައްސާރަ އަމާޒުކުރުމަކީ ނަސްލީ ތަފާތުކުރުމެވެ.
"ފުޓްބޯޅައަކީ އުފާކޮށް ތާއީދު ދެއްކުމަށް އޮތް އެއްޗެއް. އެއީ މީހަކު ހުރި ގޮތަކުން ނުވަތަ ގަބޫލުކުރާ ދީނެއްގެ ސަބަބުން އެމީހަކަށް އިހްތިރާމް ކުޑަކުރަން އޮތް ކަމެއް ނޫން،"
ބާސެލޯނާއަށް އުފަން ޔަމާލަކީ މޮރޮކޯގެ ބައްޕައަކާއި އިކުއެޓޯރިއަލް ގިނީގެ މަންމައަކަށް ލިބިފައިވާ ދަރިއެކެވެ.