މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ހޮވި 2024 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު އަންހެން އެތުލީޓްގެ އެވޯޑް ހޯދައި ފާތިމަތު ދީމާ އަލީ އަނެއްކާވެސް އެ މަގާމް ދިފާއުކޮށްފި އެވެ. 

މިދިޔަ ތިން އަހަރުވެސް ރާއްޖޭގެ އެންމެ މޮޅު އެތުލީޓްގެ އެވޯޑް ހޯދީ ދީމާ އެވެ. ސްޕޯޓްސް އެވޯޑް 2022 ގައި ތައާރަފު ކުރި ފަހުން، އެންމެ މޮޅު އެތުލީޓްގެ އެވޯޑް ދީމާ އަށް ނުލިބެނީ އެ އަހަރު އެކަންޏެވެ.

އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި ސްޕޯޓްސް އެވޯޑްގައި މިރޭ ދިނީ 2024 ގައި ކުޅިވަރުތަކުގައި ފާހަގަ ކުރެވުނު އެތުލީޓުންނާއި އޮފިޝަލުންގެ މަސައްކަތެވެ. އެ އަހަރު ރާއްޖޭގެ ކުޅިވަރުގައި އެންމެ ބޮޑަށް ވިދާލީވެސް ދީމާގެ ނަމެވެ. 

ފްރާންސްގެ ޕެރިހުގައި ބޭއްވި އޮލިމްޕިކްސް އަށް އެ އަހަރު ކޮލިފައިވެ، ދީމާ ވަނީ އޮލިމްޕިކްސްގެ ކޮލިފައިން މަރުހަލާއެއްގެ ޗެމްޕިއަންކަން ހޯދައި އޮލިމްޕިކްސްގެ ވާދަވެރި މަރުހަލާއަކުން ފުރުސަތު ހޯދި ހަމައެކަނި އެތުލީޓްގެ ޝަރފު ހޯދައިފަ އެވެ. 

އެންމެ މޮޅު ފިރިހެން އެތުލީޓްގެ އެވޯޑް ހޯދި މޫސާ މުންސިފް އަހްމަދު ވަނީ ގައުމީ ފިރިހެނެ ޓީމާ އެކު ސައުތު އޭޝިއާގެ އޮލިމްޕިކްސް ކޮލިފައިން މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފަ އެވެ. 

ދީމާ އާއި މުންސިފް އެވޯޑް ހޯދީ އޮލިމްޕިކް ކުޅިވަރުތަކުން އެންމެ މޮޅު އެތުލީޓްގެ ގޮތުގަ އެވެ. އޮލިމްޕިކް ނޫން ކުޅިވަރުތަކުން އެންމެ މޮޅު އެތުލީޓްގެ އެވޯޑް ހޯދީ ބޮޑީބިލްޑިންގެ ތަރި އަޒްނީން ރަޝާދެވެ.

މުންސިފް އަށް ރައީސް މުއިއްޒު އިނާމް ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މުންސިފް އަށް ރައީސް މުއިއްޒު އިނާމް ދެއްވަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޮލިމްޕިކް ކުޅިވަރު އަންހެން އެންމެ މޮޅު އެތުލީޓް: އެއްވަނަ ފާތިމަތު ދީމާ އަލީ، ދެވަނަ އާއިޝަތު މާޖިދާ، ދެވަނަ ތިންވަނަ ވޮލީ ކުޅުންތެރިޔާ ފާތިމަތު ޖޫޒާން ޒަރީރު، 

އޮލިމްޕިކް ކުޅިވަރު އަންހެން އެންމެ މޮޅު އެތުލީޓް: އެއްވަނަ މޫސާ މުންސިފް އަހްމަދު: ދެވަނަ އިސްމާއިލް ސާޖިދު (ވޮލީބޯޅަ ތިންވަނަ މުހައްމަދު ރިހާން ޝިހާމް (ފެތުން)

ނޮން އޮލިމިކް އެންމެ މޮޅު އެތުލީޓްގެ އެވޯޑް: އެއްވަނަ އަޒުނީން ރަޝާދު (ބޮޑީބިލްޑޮިން) ދެވަނަ އެތުލީޓް ޝާހީން (ބޮޑީބިލްޑޮިން) އިބްރާހިމް ދީދީ، ތިންވަނަ އަހްސަން ރަޝީދު (ބޮޑީބިލްޑޮިން)

ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ހާސިލު ކުރެއްވީ އެއްބަފާ ދެބެއިން ކަމަށްވާ މޯނިންގްސަން މޫސާ މަނިކު (ކުޑަ މޫސަ) އާއި ވޮލީ ލެޖެންޑް މުހައްމަދު ނަދީމް އެވެ. 

ސްޕެޝަލް ރިކޮގޮނިޝަން އެވޯޑް ސްޕެޝަލް އޮލިމްޕިކްސް އެތުލީޓްގެ އެވޯޑް: ސްޕެޝަލް އޮލިމްޕިކް އެތުލީޓް މުހައްމަދު އައްޝަލް އާދަމް، ސްޕެޝަލް އޮލިމްޕިކް އެތުލީޓް: މަރްޔަމް ޒިވާ ޒާހިރު،  

އަހަރުގެ އެންމެ މޮޅު ޒުވާން އަންހެން އެތުލީޓްގެ އެވޯޑް: އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ، ދެވަނަ ޓީޓީ ކުޅުންތެރިޔާ މިޝްކާ މުހައްމަދު އިބްރާހިމް، ތިންވަނަ ފެތުންތެރިޔާ ތަޒްކިޔާ އަމްނާ މިރްޞާދު

އެންމެ މޮޅު ޒުވާން ފިރިހެން އެތުލީޓް އެވޯޑް: އެއްވަނަ ފެތުންތެރިޔާ މުހައްމަދު ރިހާން ޝަހީމް، ދެވަނަ ޓީޓީ ކުޅުންތެރިޔާ ޒީކް ހަސަން ލަތީފް، ތިންވަނަ ޓީޓީ ކުޅުންތެރިޔާ އުމޭރު މުހައްމަދު މުއިއްޒު 

ވަކިވަކި ކުޅިވަރުތަކުން އެންމެ މޮޅު އެތުލީޓުން

އެތުލެޓިކްސް: އެންމެ މޮޅު އަންހެން ފަސޫހާ އަހްމަދު، ފިރިހެން ހަސަން ސާއިދު

ބެޑްމިންޓަން: އެންމެ މޮޅު އަންހެން ފާތިމަތު ނަބާހާ އަބްދުރައްޒާގް، ފިރިހެން މުހައްމަދު ޒަޔާން ޝަހީދު ޒަކީ

ބޯޑީބޯޑިން: އެންމެ މޮޅު އެތުލީޓް ހުރްޝުވާން އަހްމަދު

ބޮޑީބިލްޑިން: އެންމެ މޮޅު އެތުލީޓް އަޒްނީން ރަޝާދު 

ކެރަމް: އެންމެ މޮޅު އަންހެން އާމިނަތު ވިދާދު، އެންމެ މޮޅު ފިރިހެން އިސްމާއީލް އަޒްނީން

ރާޒުވާ: އެންމެ މޮޅު އަންހެން ނިހާޔާ އަހްމަދު، އެންމެ މޮޅު ފިރިހެން މުހައްމަދު ޝުއާއު

ކްރިކެޓް: އެންމެ މޮޅު އެތުލީޓް ޔޫސުފް އަޒުޔާން ފަރްހަތު 

ހޭންޑްބޯޅަ: އެންމެ މޮޅު އަންހެން ފާތިމަތު ޖުމާން، އެންމެ މޮޅު ފިރިހެން މުހައްމަދު ފިރްނާޝް

ނޭޓްބޯޅަ: އެންމެ މޮޅު އެތުލީޓް އީމާ އަބްދުއްސައްތާރު 

ބިލިއާޑް: އެންމެ މޮޅު އަންހެން އާމިނަތު އަޒުރާ، އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާ ހުސައިން ފަޔާޒު

ޝޫޓިން: އެންމެ މޮޅު އަންހެން އެތުލީޓް އާއިޝަތު ޔޫހާ އިމްތިޔާޒު، އެންމެ މޮޅު ފިރިހެން އިބްރާހިމް ޝިފާން

ސްވިމިން: އެންމެ މޮޅު އަންހެން އަމްނާ ތަޒްކިޔާ މިރުޞާދު، އެންމެ މޮޅު ފިރިހެން މުހައްމަދު ރިހާން ޝިހާމް. 

ޓޭބަލް ޓެނިސް: އެންމެ މޮޅު އަންހެން ފާތިމަތު ދީމާ އަލީ، މޫސާ މުންސިފް އަހްމަދު

ޓެނިސް:  އެންމެ މޮޅު އަންހެން އާރާ އާސަލް، އެންމެ މޮޅު ފިރިހެން އަބްދޫﷲ ފާއިހް ފަޒީލް (ފާއީ)

ވޮލީބޯޅަ: އެންމެ މޮޅު އަންހެން އާއިޝަތު މާޖިދާ،  އެންމެ މޮޅު ފިރިހެން އިސްމާއީލް ސާޖިދު (ކުޑަ ކާއްޓޭ)

ފުޓްބޯޅައިގެ ޑޮމެސްޓިކް އެއްވެސް މުބާރާތެއް 2024 ގައި ބާއްވާފައި ނުވަތީ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް މިފަހަރު ހިމަނާފައެއް ނުވެ އެވެ. 

ކުޅިވަރު މިޑީއާގެ ދާއިރާއިން ސްޕޯޓްސް ވިޝްއަލް އާޓިސްޓްގެ އެވޯޑް ހޯދީ ނައުޝަމް ވަހީދެވެ.  އެންމެ މޮޅު ކުޅިވަރު ނޫސް ވެރިޔާގެ އެވޯޑް ހޯދީ އިސްމާއީލް ޝާހެވެ.