މަހާއި ތަރުކާރީގެ ބާވަތްތަކަކީ މިހާރު ގިނަ ބަޔަކު ފްރިޖްގައި ގަނޑުކޮށްގެން ގެންގުޅޭ އެއްޗިއްސެވެ. އެކަމަކު ކައްކަން ވެއްޖެ ނަމަ، ގަނޑުފިލުވައިލަން ވަގުތު ނަގާނެ އެވެ. އެހެންވެ ބިޒީކޮށް އުޅޭ މީހުންނަށް މިއޮތީ ވަރަށް ރަނގަޅު ހައްލެއް ހޯދައި ދީފަ އެވެ.

ހޯދާލަންވީ ޑިފްރޮސްޓިން ނުވަތަ ގަނޑުފިލުވައިލާ ބޯޑެކެވެ. މިއީ ބޭނުން ކުރަން ވަރަށް ފަސޭހަ އާލާތެކެވެ. ފެންނަ ފެނުމަށް ކުޑަވަރެއްގެ ގްރިއަލްއަކާ ނުވަތަ ކަޓިން ބޯޑަކާ ވެސް މީތި ވައްތަރެވެ. އެކަމަކު މިއީ ގަނޑުފިލުވައިލަން އެންމެ ފަސޭހަ، އެންމެ އަވަަސް ޒަމާނީ ވަސީލަތެވެ.

ޑިފްރޮސްޓިން ބޯޑްގެ މަތީގައި ކުޅުޅު އަދި އެ ނޫން ވެސް ގަނޑުކޮށްފައި އޮތް މަހުގެ ބާވަތެއް ބާއްވައިލުމުން ހިނދުކޮޅެއްގެ ތެރޭގައި ގަނޑުފިލުވައިލާނެ އެވެ. އެހެންވެ މިއީ ފެން އެއްޗެއްގެ ތެރެއަށް ގަނޑުކުރި ކުކުޅާއި މަސް އަޅައިގެން އެތައް އިރެއް ވަންދެން ހުންނަން ޖެހޭ ޖެހުމަށް ނިމުމެއް ގެންނާނެ އުފެއްދުމެކެވެ.

ބޭނުންކުރަން ފަަސޭހަ މި ބޯޑަކީ އެއްވެސް އިތުރު ހަކަތައެއް އެއަށް ބޭނުން ވާނެ އެއްޗެއް ނޫނެވެ. ޑިފްރޮސްޓިންގެ އެކި ވައްތަރުގެ ބޯޑް މިހާރު ގަންނަން ލިބޭނެ އެވެ. އެމެޒޯން ފަދަ އޮންލައިން ފިހާރަތަކުން މި ލިބޭނެ އެވެ.