ސާފް ޗެމްޕިއަންޝިޕްގައި މިރޭ އިންޑިއާ އާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު ބަލަން ހުޅުމާލޭ ދެ ވަނަ ފޭސްގެ ހިޔާ ފްލެޓް ސަރަހައްދުގައި ބޮޑު ސްކްރީނެއް ބަހައްޓައިފި އެވެ.
ބޮޑު ސްކްރީން ބެހެއްޓީ ހައުސިން ޑެވްލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިރާގު ގުޅިގެންނެވެ.
ރާއްޖެ އާއި އިންޑިއާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ވާދަ ކުރާނީ ނޭޕާލް އާއި ބަންގްލަދޭޝް އެެވެ. ރާއްޖެ އާއި ނޭޕާލަށް މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވޭނެ އެވެ.
ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ބެލުމަށް ކާނިވާ ސަރަހައްދުގައި ވެސް ވަނީ ބޮޑު ސްކްރީނެއް ބަހައްޓައިފަ އެވެ.