ރީފްސައިޑުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ސޭލެއް ފަށައިފި އެވެ.
މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ސޭލްގައި ރީފްސައިޑުގެ ދަށުން ހިންގާ ފަސް ޝޯރޫމުން މި ޑިސްކައުންޓް ލިބޭނެ އެވެ.
މިދިޔަ ޖޫން މަހު 40 އަހަރު ފުރުނު ކުންފުނީގެ ފަރާތުން، މާކެޓިން އެގްޒެކެޓިވް މުހައްމަދު އަހުސަން މިއަދު ވިދާޅުވީ އެނިވާސަރީ ސޭލް ކުރިއަށްގެންދިއުމުގެ މަގުސަދަކީ ހުރިހާ ކަސްޓަމަރުންނަށް ކޮންމެވެސް ހަދިޔާއެއް ދިނުން ކަމަށެވެ. އެގޮތުން 10 ޕަސެންޓުން ފެށިގެން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރީފްސައިޑުގެ ހުރިހާ ޝޯރޫމަކުން ޑިސްކައުންޓް ލިބިގެންދާނެ. އެއީ އެކި ޝޯރޫމްތަކުގައި ވިއްކާ ގަޑި އާއި ޓީވީ އާއި އޭސީއާ މިފަދަ ހުރިހާ އެއްޗަަކުން،" އަހުސަން ވިދާޅުވި އެވެ.
ގަޑީގެ ވިޔަފާރިއަށް ހާއްސަކޮށްގެން މީގެ 40 އަހަރުކުރިން ރީފްސައިޑު ފެށީ ކުޑަ ފިހާރައެއްގަ އެވެ. ނަމަަވެސް މި 40 އަހަރު ތެރޭގައި ރީފްސައިޑު ވެފައިވަނީ، ދުނިޔެއަށް މަޝްހޫރު އެކި ބްރޭޑުތަކުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރުގެ ގޮތުގައި ރާއްޖޭގެ އެންމެ ވަރުގަދަ އެއް ވިޔަފާރިއަށެވެ.