ފައިސާގެ ބޮޑެތި އިނާމުތައް ހުށަހަޅައިގެން ކުރިއަށް ދިޔަ ރެޑް ވޭވް ރޯދަ ޕްރޮމޯޝަނުގެ ނަސީބުވެރިން ހޮވައިފި އެވެ.

އޭޕްރީލް 1 އިން ޖޫން 26 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ އެއްވަނައަށް 100،000ރ، ދެވަނައަށް 50،000ރ. އަދި ތިންވަނައަށް ފަސް މީހަކު ހޮވައި ކޮންމެ މީހަކަށް 10،000ރ. ހުށަހަޅައިފައިވެ އެވެ. ނަސީބުވެރިން ހޮވާފައިވަނީ އިއްޔެ ރެޑްވޭވުން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ޕްރޮމޯޝަންގެ އެއްވަނަ ނަސީބުވެރިއަކަށް ހޮވިފައި ވަނީ ޝިއުނާ އަހުމަދެވެ. އަދި ދެ ވަނަ އަށް ހޮވުނީ ހުސައިން ޖަމީލެވެ. ތިން ވަނަ އަށް ހޮވިފައި ވަނީ ނާއިފް އަލީ، ޔޫހް އާދަމް ޝަރީފް، އަލީ ޝިޔާމް، ޝާއިރާ މުހައްމަދު އަދި ނާހިދާ އެވެ.

ރެޑްވޭވް ރޯދަ ސޭލްގައި، އެ ކުންފުނިން ވިއްކާ ދޮންނަ މެޝިނާއި އައިސް އަލަމާރި އަދި ބަދިގޭގެ ސާމާނުން 10 ޕަސެންޓުން ފެށިގެން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ދީފައިވެ އެވެ. ބަދިގޭގެ ސާމާނާއި ކާބޯތަކެއްޗާއި ކަރަންޓުގެ ސާމާނު ފުޅާ ދާއިރާއެއްގައި ވިއްކާ ކުންފުނިން މާލެ އާއި ހުޅުމާލޭގައި ހަ ފިހާރައެއް ހިންގަ އެވެ.