މިސޯރީ (ފެބްރުއަރީ 22) - އެމެރިކާގެ މިސޯރީގެ ސެއިންޓް ލުއި ސިޓީގެ ރޭޑިއޯ ޕްރެޒެންޓަރަކު ހެނދުނުގެ ޝޯގެ އޮން އެއާގައި ވިހައިފި އެވެ.

ކަސިޑޭ ޕްރޮކްޓާ ވަނީ ވިހެއުމުގައި އަންނަ ވޭނާއި ސިޒޭރިއަންގެ ހަދަމުންދިޔަ އިރުގެ އިހްސާސްތައް އަޑުއެހުންތެރިންނާ ހަމައަށް ގެނެސްދީފަ އެވެ. ޕްރޮކްޓާގެ ބަނޑުގައި ރިއްސަން ފެށުމާ އެކު ރޭޑިއޯ ސްޓޭޝަނުން ވަނީ ހޮސްޕިޓަލަކާ ގުޅިގެން ވިހެއުމުގެ އިންތިޒާމް ހަމަޖައްސާ އެހުންތެރިންނާ ހަމައަށް ވަގުތުން ގެނެސްދެވޭނެ ގޮތް ހަމަޖައްސައިފަ އެވެ.

ޕްރޮކްޓާ ބުނީ އެއީ ކުރިން ރާވައިގެން ކުރިކަމެއް ނޫން ކަމަށާއި އެކަމަކު އެންމެ ފަހު ވަގުތު ނިންމި ނިންމުމާ ގުޅިގެން އުފާ ކުރާ ކަމަށެވެ.

"ހަޔާތުގެ އެންމެ އުފާވެރި ދުވަހުގެ ވާހަކަތައް ރޭޑިއޯ އަޑު އެހުންތެރިންނަށް ހިއްސާ ކޮށްދެވުނީތީ ވަރަށް ބޮޑަށް އުފާވި. ކޮންމެ ދުވަހަކު ކުރާ ކަންތައް ނޫން މާ ބޮޑު ކަމެއް އޮން އެއާގައި އެހުންތެރިންނާ ހިއްސާ ކުރުމަކީ ވަރަށް ބޮޑު ކަމެއް،" ޕްރޮކްޓާ ބުންޏެވެ.

ޕްރޮކްޓާ ވަނީ އޭނާގެ ދަރިފުޅުގެ ފޮޓޯތައް އާއްމުކޮށްފަ އެވެ. އަދި އެ ކުއްޖާ އަށް ކިޔަފާއި ވަނީ މި އަހަރު ކުރީކޮޅު އެހުންތެރިންނަށް ނަމެއް ދިނުމަށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ނަމެއްގެ ގޮތުގައި ހޮވި ޖޭމްސަން އެވެ.