ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ފައިރޫޝް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އެސިސްޓެންޓު ކޮމިޝަނަރު އޮފް ޕޮލިސްކަން ކުރެއްވި ފައިރޫޝް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަނގަޅަށް ވިސްނެވުމަށް ފަހު، މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ. އަދި މިއީ، ސަރުކާރުގެ ވަޒީފާތައް އަދާކުރުމުގެ ބާބު ނިމުމަކަށް ގެންނަން އެންމެ ރަނގަޅު ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމުން ޝުކުރުވެރިވަން. އަދި މި ދަތުރުގައި ލިބުނު އެކުވެރިން އަދި އިދާރާތަކަށް ޝުކުރުވެރިވަން،" ފައިރޫޝް ވިދާޅުވި އެވެ.

މި ސަރުކާރުގައި ފައިރޫޝް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. ހޯމްލޭންޑު ސެކިއުރިޓީއަށް އޭނާ ބަދަލުކުރެއްވީ އޮކްޓޯބަރު، 2024 ގަ އެވެ.

ފުލުހުންގެ ހިދުމަތުން 2021 ވަނަ އަހަރު ރިޓަޔާ ކުރެއްވުމަށް ފަހު، ފައިރޫޝް ވަނީ ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންފަ އެވެ. އޭގެ ތެރެއިން، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި އޭނާ ވަނީ އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމްގެ އަރިހުގައި ވެސް ސިޔާސީ މަސައްކަތްތައް ކުރައްވައިފަ އެވެ.