ޕީނަޓަށް އެލާޖިކްވާ ކުދިންނަށް ހާއްސަކޮށްގެން އެމެރިކާގައި އުފެއްދި ބޭހަކަށް އެ ގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުއްދަ ދީފި އެވެ.
އުމުރުން 4-17 އަހަރާ ދެމެދުގެ ކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކުރި ބޭހަށް ދީފައިވާ ނަމަކީ އޭއާރް101 ނުވަތަ ޕަލްފޯޒިއާ އެވެ.
އިމިއުނޯތެރަޕީއެއްގެ ގޮތުގައި ކުނޑިއެއް ގޮތަށް ތައްޔާރުކުރި ބޭހަކީ މެޑިކަލް ސުޕަވިޝަންއެއްގެ ދަށުން ހައެއްކަ މަސް ވަންދެން ފަރުވާއެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.
ނަމަވެސް އެފްޑީއޭ ވަނި އާ ބޭހަކީ ޕީނަޓަކަށް އެލަޖިކްވުމަށް އޮތް އެންމެ ފުރިހަމަ ފަރުވާ ނޫން ކަމަށާއި މީގެ ސަބަބުން ފޭޓަލް އެނަފިލެކްޓިކް ރިއެކްޝަން ކުރިމަތިވެދާނެތީ އެކަމަށް ސަމާލުވާން ވެސް އިންޒާރު ދީފަ އެވެ. އަދި އެ ބޭނުންކުރާ އިރު، ކުދިންގެ ކާނާގައި ޕީނަޓް ނުހިމަނަން ވެސް އިލްތިމާސްކޮށްފައިވެ އެވެ.