ކ. ކާށިދޫގެ ފަޅޯ ދަނޑެއްގައި ފަޅޯ އަޅައި ބަރާވެފައި ވަނިކޮށް 115 ގަސް ކަނޑާލައި ބަޔަކު ގެއްލުން ދީފި އެވެ.
ކާށިދޫ ކައުންސިލްގެ ރައީސް މުހައްމަދު އާމިރު "މިހާރު" އަށް ވިދާޅުވީ އެއް ދަނޑެއްގައި ހައްދާފައި ހުރި 115 ފަޅޯގަސް ކަނޑާލާފައި ވާއިރު އެ ދަނޑުގައި މިހާރު ސަލާމަތުން ހުރީ އެންމެ ތިން ގަސް ކަމަށެވެ.
މި ގަސްތައް ކަނޑައި ބިމާ ހަމަކޮށްލިއިރު، އޭގައި ހުރީ ފަޅޯ އަޅައި ބަރާވެފަ އެވެ.
"ގާތްގަނޑަކަށް 10 ވަރަކަށް ޓަނުގެ ފަޅޯ މި ގަސްތަކުގައި ހުރި،" އާމިރު ވިދާޅުވި އެވެ.
އެ ރަށުގައި ކޮންމެ ދަނޑެއްގައި ވެސް މިހާ ގިނަ ފަޅޯގަސް އިންދާފައި ހުންނަ ކަމަށް އާމިރު ވިދާޅުވި އެވެ.
އާމިރު ވިދާޅުވީ ގަސްތައް ހުރީ ކަތިވަޅިއެއް ކަހަލަ ތޫނު އެއްޗަކުން ބުރިކޮށްފަ އެވެ.
ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުން އަންނަ ކާށިދޫގައި މީގެ ކުރިން ވެސް ދަނޑުތަކަށް ގެއްލުންދިނުމުގެ މައްސަލަތައް ރިޕޯޓްކޮށްފައިވެ އެވެ.