ވަގު ލިޔުންތައް ހުށަހަޅައިގެން ރަޖިސްޓްރީކޮށްފައިވާ 15 ވެހިކަލެއްގެ ރަޖިސްޓްރީ މިއަދު ބާތިލްކޮށްފި އެވެ.
ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ މިދިޔަ މަހު ކުރި އިއުލާނަށް ފަހު، އިތުރަށް ބަލައި 15 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކޮށްފައިވާ ކަމަށެވެ. އޭގައި ހިމެނެނީ ހަތަރު ފުރޮޅުލީ އުޅަނދުތަކެވެ.
އެ އޮތޯރިޓީން މިދިޔަ މަހުގެ 23 ވަނަ ދުވަހު ކުރި އިއުލާނުގައި ވަނީ ބައެއް މައުލޫމާތު ސާފުކުރަން ބޭނުންވާތީ، 17 ވެހިކަލެއްގެ ވެރިން އެ ވެހިކަލްތަކުގެ ރަޖިސްޓްރީއާ އެކު ޓްރާންްސްޕޯޓަށް ހާޒިރުވާން އެދިފަ އެވެ.
މުއްދަތަށް ފަހު ދެ އުޅަނދެއް ފިޔަވައި އެހެން އުޅަނދުތަކުގެ ރަޖިސްޓްރީ ވަނީ ބާތިލްކޮށްފަ އެވެ.
މި ވެހިކަލް ރަޖިސްޓްރީތައް ބާތިލްކޮށްފައި ވާއިރު، އުޅަނދުތައް ރަޖިސްޓްރީކުރުމުގައި ޓްރާންސްޕޯޓު އޮތޯރިޓީއަށް ކޮރަޕްޝަންގެ ތުހުމަތުތައް ވަރަށް ބޮޑަށް އަމާޒުވެ އެވެ.